ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 04:22
ފޭސްބުކްގެ އާ \"ކެއަރ ރިއެކްޓް \" އިމޯޖީ
ފޭސްބުކްގެ އާ "ކެއަރ ރިއެކްޓް " އިމޯޖީ
ޓްވިޓަރ
ކެއަރ ރިއެކްޓް އިމޯޖީ
ފޭސްބުކްގެ އާ "ކެއަރ" ރިއެކްޓް އިމޯޖީ ލިބިއްޖެ ތަ ؟
ފޭސްބުކް އާއި މެސެންޖަރ އަށް މި ރިއެކްޓް ލިބޭނެ
ފޭސްބުކް ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް ވެސް މި އިމޯޖީ ލިބޭނެ

ފޭސްބުކުން ވަނީ "ކެއަރ" ރިއެކްޓް އިމޯޖީ އެއް އުފައްދާފައެވެ.

ފޭސްބުކްގެ އެގްޒެކެޓިވް އެއްކަމަށްވާ އެލެކްސެންޑުރޫ ވޮއިސާ ވަނީ ޓްވިޓަރ މެދުވެރިކޮށް މިކަން ހާމަކޮށްފައެވެ. ފޭސްބުކް އާއި މެސެންޖަރ އަށް މި ރިއެކްޓް ލިބޭނެއެވެ.

އޭނާ ވިދާޅުވީ މި އިމޯޖީއަކީ މި ދަނޑިވަޅުގައި އެކަކު އަނެކަކާ ދުރުގައި ތިބެން ޖެހުނު ނަމަވެސް ހިތްވަރު ދިނުމުގެގޮތުން ތައާރަފް ކުރި އިމޯޖީ އެއް ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ގޭ ބަންދުގައި އެންމެން ތިބެންޖެހިފައިވުމެވެ.

އެލެކްސެންޑުރޫ ވޮއިސާ ވިދާޅުވީ މި އިމޯޖީގެ ސަބަބުން ލޯތްބާއި، ހިތްވަރު ދިނުމަށް އިތުރު ގޮތްތަކެއް ލިބުނުކަމަށް އުންމީދު ކުރާކަމަށެވެ.

މީގެތެރެއިން އެއް އިމޯޖީ ފެންނާނީ ރަތް ހިތަކާއެކު ހީލައިން ހުންނަ މޫނެކެވެ. އަނެއް އިމޯޖީ އަކީ މަޑު ރަތް ހިތެއްގެ ވަށައިގެން ދަނބުކުލައެއް ފެންނަ ގޮތަކަށް ހުންނަ އިމޯޖީ އެކެވެ. މިއީ ވަރޗުއަލް "ހަގް" އެއް ކަމަށް ބުނެފައިވެއެވެ.

މި އިމޯޖީތައް ބައެއް މީހުނަށް ނުލިބުނު ކަމުގައިވިޔަސް ހާސް ނުވުމަށް ފޭސްބުކުން އެދެއެވެ. އެހެނީ ފެންނާނެ އިރެއް ބުނަން ނޭގުނަސް ފޭސްބުކް ބޭނުން ކުރާ ހުރިހާ ފަރާތްތަކަށްވެސް މި އިމޯޖީ އަދި ލިބޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިންދެއެވެ.

- ކޮމެންޓް
2 މެއި 2020 | ހޮނިހިރު 04:39
ދދ
ނުލިބެ