އިންޑިއާގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރު ދަތް އުނގުޅަނީ އެނާގެ ފިރިމީހާ އާނަންދު އަހޫޖާ ބޭނުންކުރާ ބުރުހުން ކަމަށް ސޯނަމް ކަޕޫރު ބުނެފިއެވެ.
ސޯނަމް މިހެން ބުނެފައި ވަނީ ކަރަންޓީންގައި ހުރެ، ފޫހިފިލުވުމުގެ ގޮތުން އިންސްޓަރގްރާމްގައި ގިނަ ބަޔަކު ކުޅެމުން އަންނަ "ނެވާ ހޭވް އައި އެވަރ" ގޭމް ކުޅުމުންނެވެ. ގޭމް ކުޅެ ބައެއް މީހުން ކުރި ސުވާލުތަކަށް ޖަވާބުދީ ޕޯސްޓުތައްވެސް ކޮށްފައިވެއެވެ. މި ޕޯސްޓުތަކުން އޭނާގެ ފޭނުން ހައިރާން ކުރުވަނިވި ޖަވާބުތަކެއް ދީފައިވެއެވެ. އަދި ސޯނަމް އާއި އާނަންދުގެ ލޯބި ދިރިއުޅުން ގިނަ ބަޔަކަށް ސިފަވެގެންވެސް ދިޔަ އެވެ.
ފޭނަކު ކުރި ސުވާލެއްގައި ވަނީ ދުވަހަކުވެސް މީހެއްގެ ދަތް އުނގުޅާ ބުރުސް ބޭނުން ކުރި ތޯ ސުވާލުކޮށްފައެވެ. ސުވާލަށް ޖަވާބު ދެމުން ސޯނަމް ބުނީ އޭނާގެ ފިރިމީހާގެ ބުރުސް ބޭނުން ކުރާކަމަށެވެ. އަދި އަބަދުވެސް ބޭނުން ކުރަމުންދާ ކަމަށެވެ.
ސޯނަމް ގެ މި ޕޯސްޓަށް ރިއެކްޓުކޮށް ފިރިމީހާ އާނަންދު ސޯނަމްގެ ފޮޓޯ އެއް ޕޯސްޓުކޮށް ކެޕްޝަންގައި، ބައިވަރު ބުރުސްތަކެއް ސޯނަމް އަށް ގަނެދޭ ކަމަށާއި ނަމަވެސް ސޯނަމް އެ ބުރުސްތައް ގެއްލުވާލާ ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ވަނީ ބުރުސް އެވަރަށް މީހަކު ގެއްލުވަނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.
ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ކައިވެނި ވެގެން ގޮސްފައި ވަނީ އެދުވަސް ވަރު އެންމެ ގިނަ ބަޔަކު ދެއްކި އެއް ވާހަކަ އަކަށެވެ. ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިންނެކޭ އެއްގޮތަށް އާނަންދު އަހޫޖާ އާއި ސޯނަމް ވެސް ދަނީ ދިއްލީގައި ހުންނަ އާނަންދު އަހޫޖާގެ ގޭގައި ކަރަންޓީނު ވެގެން ވަގުތު ހޭދަކުރަމުންނެވެ.