ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 04:07
ރިޝީ ކަޕޫރު
ރިޝީ ކަޕޫރު
ގޫގުލް
ރިޝީ ކަޕޫރު އެޑްމިޓްކޮށްފި
ރިޝީ ކަޕޫރު އެޑްމިޓްކޮށްފި
ރިޝީ ކަޕޫރު އެޑްމިޓް ކޮށްފައި ވަނީ މުމްބައިގެ ހޮސްޕިޓަލެއްގަ
އެޑްމިޓް ކުރެވި ފަރުވާ ދެމުން އަންނަނީ ކޮން ކަމަކަށް ކަން ކަށަވަރެއް ނުވޭ
މި އަހަރު ފެބްރުއަރީ މަހުގައި ދިއްލީގެ ހޮސްޕޓަލެއްގައި ވެސް ރިޝީ އެޑްމިޓް ކުރެވިފައި ވޭ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރިޝީ ކަޕޫރް މުމްބައިގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި އެވެ.

ރިޝީ ކަޕޫރު އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ ސީދާ ކޮން ބައްޔަކަށް ކަން ކަށަވަރުވެފައެއް ނުވެއެވެ.

ޙަބަރުތައް ބުނާގޮތުން ނިއު ޔޯރކް ގައި އަހަރެއްހާ ދުވަހު ކެންސަރަށް ފަރުވާ ހޯދަމުން އައުމަށް ފަހު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރިޝީ ކަޕޫރު ވަނީ މުމްބައި އަށް އަނބުރާ އައިސްފައެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ވެސް ހާލު ގޯސްވެ ދިއްލީގެ ހޮސްޕިޓަލެއްގައި ރިޝީ ކަޕޫރް ވަނީ އެޑްމިޓްކުރެވިފައެވެ. އެފަހަރު އޭނާ ވަނީ އެޑްމިޓް ކުރެވުނީ އިންފެކްޝަނަކާ ގުޅިގެން ކަން ހާމަކޮށްފައެވެ.

ރިޝީ ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސްގެ ވެބް ސީރީޒް އެއްކަމަށް ވާ "ދަ ބޮޑީ" އިންނެވެ. އަދި މި އަހަރުގެ ކުރީ ކޮޅު ދިއްލީގައި ރިޝީ ކަޕޫރު ވަނީ އިތުރު ފިލްމެއްގައި ވެސް އެކްޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
30 އޭޕްރިލް 2020 | ބުރާސްފަތި 09:43
ޔުނަ
ޜިޝި ކަޕޫރު ނިޔާވެއްޖެ