ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 21:28
އިންޑިއާެގެ ބޮޑު ވަޒީރު މޯދީ އާއި އިރްފާން ޙާން
އިންޑިއާެގެ ބޮޑު ވަޒީރު މޯދީ އާއި އިރްފާން ޙާން
ގޫގުލް
އިރްފާން ޙާން
އިރްފާން ޙާން އަކީ ހުނަރުވެރިއެއް، ސިނަމާތަކަށް ފަޅުކަން އަންނާނެ: މޯދީ
އިރްފާން ނިޔާވެފައި ވަނީ ބުދަ ދުވަހު
ނިޔާވި އިރު އުމުރަކީ 53 އަހަރު
އިރްފާން ނިޔާވިއިރު އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިބި

ދުނިޔޭގެ އެތައް ބައެއްގެ ސަޕޯރޓާއި ލޯބި ލިބިފައިވާ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އިރުފާން ޙާން ނިޔާވުމުން އޭނާގެ އާއިލާ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތައުޒިޔާ ފޮނުއްވައިފިއެވެ.

އިރްފާން ނިޔާވެފައި ވަނީ މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އުމުރުން 53 އަހަރުގެ އިރްފާނު ނިޔާވީ ހޮސްޕިޓަލުގެ އައީސީޔޫގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރުފާން ނިޔާވުމަކީ ފިލްމީ ދުނިޔެއަށް ލިބުނު ގެއްލުމެއް ކަމަށެވެ. އަދި އިރުފާންގެ ނިޔާވުމުން ޓީވީތަކާއި ސިނަމާތަކަށް ބޮޑު ފަޅުކަމެއް އަންނާނެކަމަށެވެ. އިރުފާން ޙާން އަކީ ހުނަރުވެރި އެކްޓަރެއްކަން ފާހަނގަކުރައްވަމުން މޯދީ ވިދާޅުވީ މި އުނދަގޫ ދަނޑިވަޅުގައި އިރްފާންގެ އާއިލާއަށް ކެތްތެރިކަން ލިބުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތައްވެސް ކުޅެފައިވާ އިރްފާން ޙާން ފިލްމީ ދާއިރާ އަށް ނިކުމެފައިވަނީ 1988 ވަނަ އަހަރުގައެވެ. ފިލްމީ ހަޔާތުގައި އިރްފާން ވަނީ ގިނަ ކާމިޔާބުތަކެއް ހޯދައި ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. އޭނާ ވަނީ، ގިނަ އަދަދެއްގެ އެވޯޑްވެސް ހޯދާފައެވެ.

އިރްފާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "އަންގްރޭޒީ މީޑިއަމް" އިންނެވެ. ރާޖަސްތާނުގެ މުސްލިމް އާއިލާއަކަށް އުފަން އިރުފާން ނިޔާވިއިރު އޭނާގެ އަންބަކާއި ދެ ދަރިން އެބަތިއްބެވެ.

- ކޮމެންޓް