ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 18:00
އަންނާ ދާން ކެންޕޭން ފެށި ހަފްލާގެ ތެރެއިން
ބޮލީވުޑް ލައިފް
އާއިލާތަކަށް އެހީތެރިވުން
އާއިލާތަކަށް އެހީވުމަށް ސަލަމާން ޚާން ފެށި ކެންޕޭންއަށް ގިނަ ބައެއްގެ އެހީތެރިކަން!
ބައެއް ސިޔާސީ ފަރާތްތަކުން އެހީތެރިވެފައިވޭ
އެއްލައްކަ ފަންސަވީސް ހާސް އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި

ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ އާއިލާތަކަށް އެހީތެރިވުމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ''އަންނާ ދާން'' ގެނަމުގައި ފެށި ކެންޕޭންއަށް އިންޑިއާގެ ވަރުގަދަ ސިޔާސީ މީހެއްގައި ކަމުގައިވާ ބާބާ ސިއްދީގު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިކެންޕޭންގައި ބާބާ ސިއްދީގުގެ އިތުރުން އޭނާ ދަރިފުޅު ވީޝާން ބައިވެރިވެ އެހީތެރިވެފައިވެއެވެ. އަދި މިކެންފޭންއަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން އެއްލައްކަ ފަންސަވީސް ހާސް އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ބާބާ ސިއްދީގު ''އަންނާ ދާން'' ކެންޕޭންއަށް އެހީވެފައިވާއިރު، އެ އާއިލާއަކީ ސަލްމާން ޚާންއާ ވަރަށް ގާތް ގުޅުމެއް އޮންނަ އާއިލާއެކެވެ. އަދި މިއެހީ ފޯރުކޮދިން ކަމަށްޓަކައި ސަލްމާން ޚާން ވަނީ އެއާއިލާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ވަނީ ލޮކްޑައުން ކޮށްފައެވެ. ގިނަ ބަޔަކު ހާލުގައި ޖެހެމުންދާއިރު، ސަލްމާން ޚާންގެ އިތުރުން ވަރަށް ގިނަ ބޮލީވުޑް އެހެން ފަންނާނުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް