ތައި ޕްރޯން ފްރައިޑް ރައިސް
29 އޭޕްރިލް 2020 | ބުދަ 13:03
ތައި ޕްރޯން ފްރައިޑް ރައިސް
ތައި ޕްރޯން ފްރައިޑް ރައިސް
ޒުނާނާ ޒާލިފް

މި ފުރަބަންދު ދުވަސްވަރު އެކި ކަހަލަ ކުޒީން، ތައި، ޗައިނީސް، މެކްސިކަން ނޫނީ އިޓަލިއަން ކާހިތްވޭތަ؟ މި ރެސިޕީ އަކީ ރެސްޓޯރެންޓަކަށް ނުގޮސް، ގޭގައި ހުރެގެން ހަމަ އެ ކޮލިޓީގެ ރަހަ ނެރެވޭނެ ރެސިޕީއެއް.

ބޭނުންވާ ތަކެތި:

  • 200 ގުރާމް ޕްރޯންސް
  • 30 ގުރާމް ކެރެޓް
  • 1 ޖޯޑު ގްރީން ޕީސް އަދި ޒުވާރި
  • ގިތެޔޮމިރުހެއް (ކުޅި ކުރަން ބޭނުންވާ ވަރަކަށް)
  • 1 ރޯމިރުސް
  • 2 ސަމްސާ ސޯޔާ ސޯސް،
  • 1 ސައިސަމްސާ އޮއިސްޓަރ ސޯސް
  • 1 ސައިސަމްސާ ސެސަމޭ ތެޔޮ
  • 1 ކުޑަ ފިޔާ
  • 4 ލޮނުމެދު
  • އިންޗިއެއްގެ އިނގުރުކޮޅެއް
  • ބައި ސައިސަމްސާ މުގުރި މިރުސް
  • ބައި ސައިސަމްސާ ޕެޕްރިކާ
  • ބައި ސައިސަމްސާ މުގުރި ކޮރިއެންޑާ
  • ލޮނު އަދި އަސޭމިރުސް (ރަހަ ލާވަރަށް)
  • 1 ޖޯޑުގެ ހަނޑޫ (ކައްކާފައި)
  • 2 ބިސް

ތައްޔާރު ކޮށްލާނެ ގޮތް:

ކެރެޓް ދިގުކޮށް ކޮށާލާފައި، ބާކީ ހުރި ތަރުކާރީކޮޅު ހިމުންކޮށް ކޮށާލާށެވެ.

އުނދުން މައްޗަށް ތެއްޔެއް އުދާފައި ތެލި ހޫނުވަންދެން ބަހައްޓާށެވެ. މިވަގުތު ކޮޅު ޕްރޯން ކޮޅަށް 1 ސައިސަމްސާ އަސޭމިރުސް، ބައި ސައިސަމްސާ މުގުރި މިރުސް، ޕެޕްރިކާ އަދި ކުޑަ ލޮނުކޮޅެއް ލާފައި އެއްކޮށްލާށެވެ. ބޭނުން ނަމަ އޮރިގާނޯ، ރޯސްމެރީ އަދި ޕާރސްލީ ފަދަ އާބްސް ވެސް އެޅިދާނެ.

ތެލި ހޫނު ވުމުން 2 ސަމްސާ ތެޔޮ (އެންމެ ރަނގަޅީ ޒައިތޫނި ތެޔޮ) އަޅާފައި ޕްރޯންކޮޅު ތެލުލާށެވެ. ޕްރޯންކޮޅު ތައްޔާރު ވުމުން ޓިޝޫ އެއްގެ މަތީ އަތުރާލާށެވެ. ދެން ތެލި ސާފުކޮށްލުމަށްފަހު 2 ބިސް ގިރާލާފައި ސްކްރެމްބަލް ކޮށްލާށެވެ.

އެއަށްފަހު ކޮރިއެންޑާ، ލޮނު، އަސޭމިރުސް ލައިގެން ތަރުކާރީ ކޮޅު މީރުކޮށްލާށެވެ.

ތަރުކާރީކޮޅު ރޯފިލުމުން މުގުރި މިރުސް، ލޮނު އަދި އަސޭމިރުސް އިތުރަށް އަޅައި (ބޭނުމިއްޔާ) ހާވާލާށެވެ. ދެން އެއްކޮށްލާނީ ކުރިން ފިހުނު ޕްރޯންކޮޅާއި ސޯސްކޮޅެވެ. މިއައްފަހު ކެއްކި ބަތްކޮޅު އެއްކޮށްލާ، ސެސަމޭ ތެޔޮ އަޅާފައި ހާވާލާށެވެ. އެންމެ ފަހު އެއްޗަކަށް ބިސްކޮޅު އެއްކޮށްލާށެވެ. ގިނައިން ސޯޔާސޯސް އަޅަން ބޭނުން ނަމަ އެޅިދާނެ އެވެ.

- ކޮމެންޓް