ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 04:18
ޖީޖީ ހަދީދް އަދި ޒޭން މަލިކް
ޖީޖީ ހަދީދް އަދި ޒޭން މަލިކް
ގެޓީ އިމޭޖަސް
ޖީޖީ ހަދީދް އާއި ޒޭން މަލިލް
ޖީޖީ ހަދީދް އާއި ޒޭން މަލިކްއަށް ކުއްޖެއް ލިބެނީތަ؟
ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުން ޖީޖީ ބަލިވެއިންތާ މިހާރު 20 ވަރަކަށް ހަފްތާވެއްޖެ
ޖީޖީ އާއި ޒޭން އަދި މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވޭ
25 އަހަރުގެ ޖީޖީ އާއި 27 އަހަރުގެ ޒޭން ފުރަތަމަ ރަށްޓެހިވެފައިވަނީ 2015 ވަނަ އަހަރު

އެމެރިކާގެ މަޝްހޫރު ސުޕަރމޮޑެލް ޖީޖީ ހަދީދް ބަލިވެއިން ކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފިއެވެ.

ޖީޖީ އާއި ލޯބިވެރިޔާ، މަޝްހޫރު ބޯއިބޭންޑް "ވަން ޑައިރެކްޝަން"ގެ ކުރީގެ މެމްބަރުކަމަށްވާ ޒޭން މަލިކްއަށް ކުއްޖެއް ލިބެން އުޅޭކަމުގެ ވާހަކަ އެމެރިކާގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެގޮތުން، ޖީޖީ ބަލިވެއިން ކަން އެ މީހުންގެ އާއިލާއާ ގާތް ފަރާތްތަކުން ކަށަވަރިކޮށްދީފައިވާކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުން ޖީޖީ ބަލިވެއިންތާ މިހާރު 20 ވަރަކަށް ހަފްތާވެއްޖެއެވެ.

ނަމަވެސް ޖީޖީ ނުވަތަ ޒޭން އަދި މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

25 އަހަރުގެ ޖީޖީ އާއި 27 އަހަރުގެ ޒޭން ފުރަތަމަ ރަށްޓެހިވެފައިވަނީ 2015 ވަނަ އަހަރުގެ ފަހުކޮޅެވެ. އަދި 2018 ވަނަ އަހަރުގެ މާޗް މަހު ދެ މީހުން ރުޅިވެފައިވާއިރު، އަނެއްކާވެސް ޖެނުއަރީ 2019 ގައި އެކުގައި ފެންނަން ފެށިއެވެ. އެއަށްފަހު ވެސް ދެ މީހުން ރުޅިވެފައިވާއިރު، މިދިޔަ އަހަރު ފަހުކޮޅު އަނެއްކާވެސް ރަށްޓެހިވެފައިވެއެވެ. އަދި މި އަހަރުގެ ވެލެންޓައިންސް ޑޭގައި ޒޭންގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކޮށް، ޖީޖީ ވަނީ މިކަންތައް ޔަގީންކޮށްދީފައެވެ.

ޖީޖީގެ 25 ވަނަ އުފަން ދުވަސް މި މަހުގެ 23 ވަނަ ދުވަހު ފާހަގަކޮށްފައިވާއިރު، އެ ދުވަހުގެ ފޮޓޯތަކަކާއި "ބޫމަރޭންގް"އެއް އޭނާ އިންސްޓަގްރާމްގައި ޝެއާކޮށްފައިވެއެވެ. މި ފޮޓޯތައް އަދި ބޫމަރޭންގްއިން ސުޕަރމޮޑެލް ޖީޖީ ބަނޑުބޮޑު ހެން ހީވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

View this post on Instagram

❣️🍰

A post shared by Gigi Hadid (@gigihadid) on

- ކޮމެންޓް