ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 22:30
އިރްފާން ޙާން
އިރްފާން ޙާން
ގެޓީ އިމޭޖަސް
އިރްފާން ޙާން އައިސީޔޫގައި
އިރްފާން ޙާން އައިސީޔޫގައި
އިރްފާން ޙާން އަށް ފަރުވާ ދެމުން ދަނީ ކޮކިލަބެން ހޮސްޕިޓަލުގަ
އިރްފާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަންގްރޭޒީ މީޑިއަމް އިން

މަޝްހޫރު ބޮލީވުޑްގެ ތަރި އިރްފާން ޙާން އަށް ކޮކިލަބެން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަށް މިހާރު ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައެވެ. މައުލޫމަތު ލިބޭގޮތުގައި އިރުފާންއަށް ފަރުވާދެމުން ދަނީ ބްރެއިން ކެންސަރަށެވެ.

ރިޕޯޓްތައް ބުނާގޮތުން 2018 ވަނަ އަހަރު އިރްފާނަށް ވަނީ ބްރެއިން ކެންސަރުޖެހިފައެވެ. މި ބައްޔަށް ފަރުވާ ކުރުމަށް އޭރުއްސުރެ އިރްފާން ޙާން ދަނީ ދޭތެރެ ދޭތެރެއިން ލަންޑަނަށް ދަތުރުކުރަމުންނެވެ.

އިރްފާން ޙާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަންގްރޭޒީ މީޑިއަމް އިންނެވެ. ނަމަވެސް އޭނާގެ ބަލިހާލަތުގެ ގޮތުން އޭނަ މި ފިލްމު މާ ބޮޑަށް ޕްރޮމޯޓްކޮށްފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި އޭނާގެ މަންމަ ޖެއިޕޫރުގައި ނިޔާވެފައިވާ އިރު މަންމަގެ މޫނު ބަލާލުމަށް ކޮވިޑް 19 އާއި ގުޅިގެން މުޅި އިންޑިއާ ލޮކްޑައުނަކަށް ގޮސްފައިވުމުން އިރްފާނަށް ދެވިފައެއްނުވެ އެވެ.

އިރްފާން ޙާންގެ ފިލްމީ ހަޔާތުގައި އެނާ ވަނީ ބްލީވުޑްގެ އިތުރުން ހޮލީވުޑްގައި ބޮޑަތި ކާމިޔާބުތަކެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް