ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 21:38
މަނީ ހައިސްޓް
މަނީ ހައިސްޓް
ނެޓްފްލިކްސް
މަނީ ހައިސްޓްގެ ސީޒަން 5
މަނީ ހައިސްޓްގެ ސީޒަން 5، އަންނަ އޭޕްރީލްގައި
ނެޓްފްލިކްސްގެ އެންމެ މޝްހޫރު ސީރީޒް ތަކުގެ ލިސްޓްގައި މަނީ ހައިސްޓް
ސީޒަންގެ 5 ގެނެސްދޭނެކަން ރަސްމީކޮށް ނެޓްފްލިކްސް އިން ހާމަކޮށްފައެއްނުވޭ
މަނީ ހައިސްޓަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ސީރީޒް އެއް

މަޝްހޫރު މަނީ ހައިސްޓްގެ ސީޒަން 5, އަންނަ އަހަރު ރިލީޒްކުރަން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ދިވެހިންގެ ތެރޭގައި މަޝްހޫރު ސްޕެނިޝް ސީރިޒް "މަނީ ހައިސްޓް"ގެ ސީޒަން 5 ރިލީޒް ކުރުމަށް މަސައްކަތް ކުރަނީ އަންނަ އަންނަ އޭޕްރީލް މަހުގެ ތެރޭގައެވެ.

2017 ވަނަ އަހަރު މި ސީރީޒް ނެޓްފްލިކްސްގައި ރިލީޒް ކުރީއުއްސުރެ އެންމެ ގިނަ މީހުން ބެލި ސީރީޒް އަކަށް މަނީ ހައިސްޓް ވާނެއެވެ. އަދި މިހާރުވެސް އެންމެ ގިނަ މީހުން ބަލަމުންދާ ސީރީޒްތަކުގެ ލިސްޓުގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ނެޓްފްލިކްސް އިން މަނީ ހައިސްޓްގެ ސީޒަންގެ 5 ގެނެސްދޭނެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެެއެވެ. އެހެންނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ނެޓްފްލިކްސް އިން މިކަން ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ. މި ޙަބަރު ވެގެންދާނީ ނެޓްފްލިކްސް މެދުވެރިކޮށް މި ސީރިޒް ބަލާ ބެލުންތެރިންނަން އުފާވެރި ޙަބަރަކަށެވެ.

މި ސީރީޒްގެ 4 ވަނަ ބައި ގެނެސްދީފައިވަނީ މި މަހު 3 ވަނަ ދުވަހުގައެވެ. މި ސީޒަންވެސް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ. ބެލުންތެރިން ސިއްސުވާލައި، ނައިރޯބީ މަރާއެކު ސީޒަން ހަތަރެއް ވަނީ ނިންމާލާފައެވެ.

ނައިރޯބީގެ މަރަށްފަހު ހައިސްޓްގެ ހުރިހާ އެންމެންވެގެން ހައިސްޓް ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅައެވެ. އެއީ ނައިރޯބީއަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް