ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 00:38
އާނަންދު ގާންދީ
އާނަންދު ގާންދީ
އިންޑިއަން އެކްސްޕްރެސް
ބަލިމަޑުކަމަށް ފިލްމެއް ހަދަނީ
ބަލިމަޑުކަމާއި ބެހޭ ފިލްމެއް ހަދަނީ
5 އަހަރު ކުރިން ފެށިގެން އާނަންދު އައީ ސްކްރިޕްޓް ލިޔަމުން
ތަފާތު ސަބަބުތަކާއި ހުރެ ފިލްމު އޮތީ އަދި ނުނެރެވިފަ
މި ފިލްމު އުފެއްދުަމަކީ މިހާރު އާނަންދު އެންމެ ކުރަން ބޭނުންވާ މަސައްކަތް

"އިމަރޖެންސް"ގެ ނަމުން ބަލިމަޑުކަމާއި ބެހޭ ފިލްމެއް ހެދުމަށް ޑައިރެކްޓަރު އާނަންދް ގާންދީ ތައްޔާރުވާން ފަށައިފިއެވެ.

އާނަންދު ގާންދީ ބުނީ މިކަހަލަ ފިލްމެއް ހެދުމަށް މީގެ ފަސް އަހަރު ކުރިންފެށިގެން އޭނާ ސްކްރިޕްޓް ލިޔަމުންދާ ކަމަށެވެ. ކޮވިޑް 19ގެ މި ބަލިމަޑުކަން އައުމުގެ ސަބަބުން މި ފިލްމު ހެދުން އޭނާ އަށް ވަރަށް މުހިއްމުވެއްޖެއެވެ.

ސްކްރިޕްޓު ލިޔަމުންދާތާ އެތައް ދުވަހެއް ވީނަމަވެސް ތަފާތު އެތައް ސަބަބުތަކަކާއި ހުރެ ފިލްމު އޮތީ މިއަދާ ހަމައަށް ނުހެދިފައެވެ. ނަމަވެސް މިހާރު މި ފިލްމު ހެދުން އޭނާގެ މަސައްކަތްތަކުގެ އެންމެ ކުރިއަށް ޖައްސާލައިފއި ވާކަމަށް އާނަންދު ބުންޏެވެ.

އާނަންދު ބުނީ އެންމެ އުފައްދަން ބޭނުންވާ އެއް ފިލްމަކީ މިއީ ކަމަށާއި އެހެންކަމުން މިކަމަށް ވަގުތު ނަގާނެކަމަށެވެ. ދެ ޕްރޮޖެކްޓް ދޭތެރެއިންވެސް މި ސްކްރިޕްޓްގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރެވިފައިވާނެ ކަމަށް އޭނާ ބުނެއެވެ.

އާނަންދު ގާންދީ ބުނިގޮތުގައި ބަލިމަޑުކަމަކާއި ގުޅުވައިގެން ފިލްމެއް ހަދަން އޭނާ ޝައުގު އުފެދުނީ 2013ވަނަ އަހަރު ޑައިރެކްޓުކުރި ފިލްމް ޝިޕް އޮފް ތެސިއުސް އަށް ފަހުގައި ކަމަށެވެ. ރިޕޯރޓްތައް ބުނާ ގޮތުން އިންޓަރވިއު އެއްގައި ކޮވިޑް 19ގެ ވާހަކަ ފިލްމުގައި ހިމެނާނެތޯ ސުވާލު ކުރުމުން އާނަންދު ބުނީ ބަލިމަޑުކަން ދައްކުވައިދޭނެ ކަމަށެވެ. ބޮޑަށް ދައްކުވާނީ އިންސާނުންގެ އަމަލުތައް ހުންނަގޮތް ކަމެށެވެ.

މިއީ އޭނާ އަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއްކަމަށް ބުނެއެވެ. އަދި މި ފިލްމު ނިމިފައި އޮތްނަމައޭ ހިތަށް އަރާ ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ މިހާރު ކުރިމަތި ވެފައި މި އޮތް ބަލިމަޑުކަމުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް