ކ. މާލެ
|
27 އޭޕްރިލް 2020 | ހޯމަ 23:46
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ގޫގުލް
އަކްޝޭގެ އެހީ މުމްބަާއި ޕޮލިހަށް
މުމްބާއިގެ ޕޮލިސް ފައުންޑޭޝަނަށް 2 ކްރޯޑް ރުޕީސް އަކްޝޭ ހަދިޔާކޮށްފި!
މުމްބައި ޕޮލިސްގެ ކޮމިޝަނަރު ވަނީ އަކްޝޭ އަށް ޝުކުރު އަދާކޮށްފަ
އަކްޝޭ ވަނީ 25 ކްރޯޑް ރުޕީސް ޕީއެމް ކެއަރ ފަންޑަށްވެސް ހަދިޔާކޮށްފަ
އަކްޝޭ ވަނީ ކޮވިޑް19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ގޮވާލާފަ

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު 2 ކްރޯޑް ރުޕީސް މުމްބާއިގެ ޕޮލިސް ފައުންޑޭޝަނަށް ހަދިޔާކޮށްފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އަކްޝޭ ދެ ކްރޯޑް ރުޕީސް ހަދިޔާކުރިކަން ހޯމަ ދުވަހު މުމްބައި ޕޮލިސްގެ ކޮމިޝަނަރު ޕަރަމްބިރް ސިންގް ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ޕަރަމްބިރް ވަނީ އަކްޝޭއަށް ޝުކުރު އަދާކޮށް ޓްވީޓްކުރައްވާފައެވެ.

އިންޑިއާ ލޮކްޑައުންއަށް ގޮސްފައިވާއިރު، 52 އަހަރުގެ އެކްޓަރ އަކްޝޭ ދަނީ ގިނަ ގުނަ އެހީތަކެއް ފޯރުކޮށްދެމުންވެ. ޕަރަމްބިރް ކުރެއްވި ޓްވީޓާއި ގުޅިގެން އަކްޝޭ ކުރި ޓްވީޓެއްގައި ބުނީ ކޮރޯނާ ވައިރަހާއި ހަނގުރާމަކޮށް ފުރާނަ ދިޔަ މުމްބައި ޕޮލިހުގެ ހެޑް ކޮންސްޓެބަލްސް ޗަންދްރަކަންތް ޕެންދުރުކަރަށާއި ސަންދިޕް ސާރވް އަށް ސެލިއުޓް ކުރާކަމަށެވެ. އަދި އަކްޝޭ ވަނީ އޭނާގެ ސަޕޯޓަރުންނަށް ކޮވިޑް19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ގޮވާލާފައެވެ.

ކޮވިޑާއި ގުޅިގެން ފައިސާގެ އެހީވުމަށް ފަހު އަކްޝޭ ބުނީ އޭނާގެ ޒިންމާ އަދާކޮށްފިން ކަމަށާއި އުންމީދަކީ އެހެންމީހުންވެސް އެމީހެއްގެ ޒިންމާ އަދާކުރަމުން ދިއުން ކަމަށެވެ. އަދި ވަގުތުކޮޅަކަށް ވެސް ރަނގަޅު ސިއްޙަތެއްގައި ރައްކާތެރިކަމާއި އެކު ތިބެވެނީ ކަމާއި ބެހޭ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތުން ކަން ހަނދާން ނައްތާނުލުމަށް އަކްޝޭ ވަނީ އެދިފައިވެއެވެ.

އަކްޝޭ ވަނީ މީގެ ކުރިން 25 ކްރޯޑް ރުޕީސް ޕީއެމް ކެއަރ ފަންޑަށް ވެސް ހަދިޔާ ކޮށްފައެވެ.

- ކޮމެންޓް