ކ. މާލެ
|
27 އޭޕްރިލް 2020 | ހޯމަ 21:33
ސައުތް އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ މާސްކު އަޅުއްވަނީ
ސައުތް އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ މާސްކު އަޅުއްވަނީ
ޑެއިލީ މެއިލް
ސައުތު އެފްރިކާގެ ރައީސް
ސައުތު އެފްރިކާގެ ރައީސަށް މާސްކު އަޅުއްވާކަށް އެނގިވަޑައެއް ނުގެންނެވި!
މާސްކު އެޅުއްވުމަށް މަސައްކަތް ކުރެއްވީ ގައުމާ މުޙާތަބު ކުރައްވަމުން
ރައީސަށް މާސްކު އެޅުއްވުނީ ލޯފުޅުވެސް ފެނިވަޑައިނުގަންނަވާހެން
މި ވީޑިއޯ ކްލިޕް ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުން

ސައުތް އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާއަށް މާސްކު އަޅުއްވަން އެގިވަޑައިނުގެންނެވުމުން އެމަނިކުފާނަށް ފާނޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ލައިވް ސްޓްރީމް މެދުވެރިކޮށް ސައުތު އެފްރިކާގައި އަޅާފައިވާ ފިވަޔަޅުތަކާއި މެދު ވާހަކަފުޅު ދެއްކެވުމަށްފަހު، މާސްކުއެޅުމުގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން އެމަނިކުފާނު ވަނީ މާސްކު އެޅުއްވުމަށް މަސައްކަތް ކުރައްވާފައެވެ.

ޕޯޑިއަމް ކައިރީގައި ހުއްޓި ހުންނަވާ އެމަނިކުފާނު މާސްކު ނަންގަވާފައި ފުރަތަމަ އެ މާސްކުގެ ރަބަރު ފަށް އަޅުއްވީ ވާތު ކަންފަތުގައެވެ. އެއަށް ފަހު މާސްކުގެ އަނެއް ކޮޅު ކަނާތު ކަންފަތުގައި އަޅުއްވިއިރު، ރައީސްގެ ދެލޯވެސް ފެނިވަޑައިނުގަންނަވައެވެ.

ރައީސް ރަމަޕޯސާ މާސްކު އެޅުއްވުމުގެ ޑެމޯ ދައްކާލެއްވުމަށް މަސައްކަތް ކުރެއްވީ ޕަބްލިކް ޓްރާންސްޕޯޓުގައި ދަތުރުކުރައްވާއިރު ހުރިހާ ބޭފުޅުންވެސް މާސްކުއެޅެއްވުމަށް އެދިވަޑައިގެންނެވުމަށްފަހުގައެވެ.

ރައީސް އަށް މާސްކު އަޅުއްވުމަށް އެގިވަޑައިނުގެންނުވުމާއި ގުޅިގެން ޓްވީޓަރގައި އެކަމަށް ފާޑުކިޔައި، މާސްކު އެޅުމުގެ ޗެލެންޖުތަށް ދަނީ ބާއްވަމުނެވެ. އަދި މި ވީޑިއޯ ކްލިޕް ދަނީ ޓްވިޓަރ އަދި ސޯޝަލް މީޑިއާގައި ވައިރަލް ވަމުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް