ކ. މާލެ
|
27 އޭޕްރިލް 2020 | ހޯމަ 17:45
އެމްއެމްޕީއާރުސީ އިން ބޭއްވި ވެބިނަރގެ ތެރެއިން
އެމްއެމްޕީއާރްސީ
ޓުއަރިޒަމްގެ ގެއްލުމުން އަރައިގަތުމަށް ވެބިނަރއެއް
އެމްއެމްޕީއާރުސީ އިން ވެބިނަރ އެއް ބާއްވައިފި
 
މި ވެބިނަރ ބާއްވާފައިވަނީ ރިއެކްޓް، ރީތިންކް، ރިކަވަރ- ސޮލިއުޝަންސް ޓު ދަ ކޯވިޑް-19 ކްރައިސިސްގެ ނަމުގައި

ފަތުރުވެރިކަމުގެ ސިނާޢަތް، ކޮވިޑާ-19 އިން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން، ޚާއްސަ ވެބިނާރ އެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބާއްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި މި ވެބިނަރގައި ކޮވިޑް-19 ގެ ޙާލަތުން އަރައިގަތުމަށްޓަކައި، ދެން ކުރަން ހުރި ކަންކަމާމެދު، އަލުން ވިސްނައި، އެޅެން އޮތް ފިޔަވަޅުތައް ދެނެގަތުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ވެބިނަރ އަކީ އޭޝިއާ ޕެސިފިކްގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕެސިފިކް އޭޝިއާ ޓެރެވަލް އެސޯސިއޭޝަން" (ޕާޓާ) އާއި ފަތުރުވެރިން ޗުއްޓީ ޕްލޭންކުރަން މަޢުލޫމާތު ހޯދާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ "ޓްރިޕް އެޑްވައިޒާ"އާއި ގުޅިގެން، ބޭއްވި ވެބިނަރ އެކެވެ.

ސެމިނާގައި ސާސް އަދި މާޒް ފަދަ ބަލިމަޑުކަމުން އަރައިގަތުމުގައި ދުނިޔޭގެ ފަތުުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމަށްވާ އީޓުއަރިޒަމް ފްރޮންޓިއާޒްގެ ސީއީއޯ ޑެމިއަން ކުކް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެމްއެމްޕީއާރްސީ އިން މި ވެބިނަރ ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ކޮވިޑް-19 އިން ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ރިކަވަރީ ފެށުމަށް އެންމެ ފުރިހަމަ ގޮތެއްގައި ތައްޔާރުވުމަށްޓަކައި ތަޖުރިބާކާރުންގެ އިރުޝާދުގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ ފަރާތްތަކަށް އެހީތެރިވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް