ކ. މާލެ
|
27 އޭޕްރިލް 2020 | ހޯމަ 20:47
ލަކްޝްމީ ބޮމްބްގެ ޕޯސްޓަރުގައި އަކްޝޭ ކުމާރު
ފޭސްބުކް
ލަކްޝްމީ ބޮމްބް ރިލީޒް ކުރަނީ؟
ލަކްޝްމީ ބޮމްބް ހޮޓް ސްޓަރގައި ރިލީޒް ކުރަނީ؟
ލަކްޝްމީ ބޮމްބް އަކީ ހޮރޯ ކޮމެޑީ ފިލްމެއް
ގިނަ ފިލްމުތަކެއް ދަނީ އޮންލައިން ޕްލެޓްފޯރމްތަކުގައި ރިލީޒްކުރަމުން
މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކިއާރާ އަދްވާނީ

ހޮރޯ ކޮމެޑީ ފިލްމު ލަކްޝްމީ ބޮމްބް އޮންލައިންކޮށް ރިލީޒްކުރަން މަޝްވަރާކުރަން ފަށައި ފިއެވެ.

ލޮކްޑައުން އާއި ގުޅިގެން ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ޑިޖިޓަލް ޕްލެޓްފޯރމްތަކުގައި ރިލީޒްކުރަމުންދާ މި ދަނޑިވަޅުގައި ހޮރޯ ކޮމެޑީ ފިލްމް ލަކްޝްމީ ބޮމްބް ވެސް މިފަދަ ޕްލެޓްފޯމެއްގައި ރިލީޒްކޮށްފާނެކަމަށް ބެލެވެއެވެ. އަކްޝޭ ކުމާރު އާއި ކިއާރާ އަދްވާނީ ބަތަލާގެ ރޯލުން ފެނިގެންދާ "ލަކްޝްމީ ބޮމްބް" އަކީ މުނި (ކަންޗަނާ) އަށް ބިނާކޮށްފައިވާ ފިލްމަކެވެ.

އޮންލައިން ޕްލެޓްފޯރމެއްގައި ފިލްމް ރިލީޒް ކުރުމާމެދު އަކްޝޭ އަދި ފިލްމުގެ ޑައިރެކްޓަރު ރަގަވާ ލޯރެންސްދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ. މިހާރު އިއުލާންކޮށްފައިވާ އިންޑިއާގެ ލޮކްޑައުން މެއި ތިނެންގައި ނިމޭނެވެ.

ފިލްމު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރުމަށް މަޝަވަރާކުރަން ޖެހުނީ މެއި ތިނެއްގައި ލޮކްޑައުން ނިމުމަށް ފަހު، ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފާނެ ކަމަށް ބަލެވޭތީއެވެ. ލޮކްޑައުން އިތުރު ނުކުރި ނަމަވެސް، ރިޕޯޓްތަށް ބުނާގޮތުން އިންޑިއާގެ ސިނަމާތަށް އަވަހަކަށް ނުހުޅުވާނެވެ. ސިނަމާތައް ހުޅުވިނަމަވެސް ސޯޝަލް ޑިސްޓެންސް އާއި އެކު ސިނަމާތަކުގައި މީހުން ތިބެންޖެހޭނެ ކަމަށްވާތީ ބޮޑަށް ބެލެވެނީ މި ފިލްމު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒް ކުރާނެ ކަމަށެވެ.

މި ފިލްމުގެ ޝޫޓިންގ މާރޗް މަހު ނިންމާލާފައި ވާއިރު، ޕޯސްޓް ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް އަދި ހުރީ ނުނިމިއެވެ. ޖޫން އަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް މި ޓީމުގައި ހިމެނޭ ވަރަށް ގިނަ ފަރާތްތަކުން ގޭގައި ތިބެގެން މިހާރުވެސް މަސައްކަތްކުރާކަން ފާހަގަކޮށްލެވެއެވެ.

މި ފިލްމަކީ އަކްޝޭގެ ފިލްމު ކުންފުނި ކަމުގައިވާ ކޭޕް އޮފް ގުޑް ފިލްމްސް ޕްރޮޑަކްޝަން، ޝުތާރު އެންޓަޓައިންމަންޓް ހައުސް އާއި ޝަބީނާ އެންޓަޓައިންމަންޓް އަދި ފޮކްސް ސްޓަރ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް