ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 17:47
އައިޖީއެމްއެޗްގެ ލެބްގައި ކޮވިޑަށް ޓެސްޓްކުރަނީ
އައިޖީއެމްއެޗްގެ ލެބްގައި ކޮވިޑަށް ޓެސްޓްކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
2 ދިވެއްސަކާއި ޕާކިސްތާނު ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދޭ
އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންވެސް އާދިއްތަ ދުވަހު ޕޮޒިޓިވްވެފައިވޭ
ފަހުން ޕޮޒިޓިވްވެފައިވަނީ 2 ދިވެހިންނާއި، ޕާކިސްތާނު ރައްޔިތެއް

ރާއްޖެއިން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އާދިއްތަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަހަ ޕޮޒިޓިވްވެފައިވަނީ 2 ދިވެހިންނާއި، ޕާކިސްތާނު ރައްޔިތެއްކަމަށް އެޗްޕިއޭއިން ބުނެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު މީހަކު ވައިރަސްއަށް ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.

އާދިއްތަ ދުވަހު ބަންގްލަދޭޝަށް ނިޞްބަތްވާ 9 މީހުންނާއި، އިންޑިއާ ރައްޔިތަކާއި، ދިވެއްސެއް ޕޮޒިޓިވެފައިވާއިރު، ފަހުން ޕޮޒިޓިވްވި 3 މީހުންނާއެކު ރާއްޖެއިން ޖުމުލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 191ށް އަރާފައެވެ.

އަދި ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 50ށް އަރާފައެވެ.

- ކޮމެންޓް