ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 16:48
މާލޭގައި ފިހާރައަކަށް މުދާ ވައްދަނީ - މިހާތަނަށް ގަވާއިދާ ހިލާފުވި 17 ޕަރމިޓެއް ވަނީ ކެންސަލްކޮށްފައި
މާލޭގައި ފިހާރައަކަށް މުދާ ވައްދަނީ - މިހާތަނަށް ގަވާއިދާ ހިލާފުވި 17 ޕަރމިޓެއް ވަނީ ކެންސަލްކޮށްފައި
ރާއްޖެއެމްވީ
17 ވެހިކަލް ޕަރމިޓެއް ކެންސަލްކުރުން
17 ވެހިކަލް ޕަރމިޓެއް ކެންސަލްކޮށްފި
ދީފައިވާ ޕަރމިޓާ އެއްގޮތަށް ގަވާއިދުގެ ތެރެއިން އަމަުލުކުރުމަށް ވަނީ އިލްތިމާސްކޮށްފައި
މިވަގުތު އެކަކު އަނެކަކަށް އަޅާލާ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި
ޝޮޕިންގ ޕަރމިޓް ލިބުނަސް ފިހާރަ ދޮށުގައި ބޮނޑިވެގެން ނުތިބުމަށް ފުލުހުން އިލްތިމާސްކޮށްފައިވޭ

މާލޭގައި ޑެލިވަރީކުރުމަށް ފުލުހުން ދީފައިވާ ވެހިކަލް ޕާޓިމް ޤވާއިދާ ޚީލާފަށް ބޭނުންކުރުމާއި ގުޅިގެން 17 ޕާމިޓެއް ކެންސަލްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އާދީއްތަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ހުއްދަ ދީފައިވާ ބޭނުމާއި ޚިލާފަށް ޕަރމިޓްތައް ބޭނުންކުރުމުގެ ސަބަބުން 17 ފަރާތެއްގެ ޕަރމިޓް ކެންސަލް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ވެހިކަލް ޕާމިޓް ކެންސަލް ކުރެވިފައިވަނީ ހުއްދަ ދެވިފައިވާ ކެޓަގަރީ ނޫން ވެހިކަލް ދުއްވައިގެން ނުވަތަ ލައިސަންސް ނެތް ފަރާތެއް ވެހިކަލް އޮޕަރޭޓްކޮށްގެން ކަމަށެވެ. އަދި ވެހިކަލްއަށް ޕާމިޓެއް ދޫކުރިކަމުގައި ވިޔަސް، އެ ވެހިކަލެއް ބޭނުންކުރަންވާނީ ހުއްދަ ދެވިފައި އަދި ޤާނޫނީ އިމުގެ ތެރެއިން ކަމަށް ނަވީން އިލްތިމާސް ކުރެއްވިއެވެ.

ނަވީން ވަނީ މިއީ ދަތި އުނދަގޫ ދަނޑިވަޅެއްކަމަށް ވިދާޅުވެ، މި ދަނޑިވަޅުގައި ރައްޔިތުން އެކަކު އަނެކަށް އަޅާލާ އޯގާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ބައިވަރު ދަތިތަކާއި ކުރިމަތިލަމުންދާއިރު މިކަންތައްތަކަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތްތަކެއް ވެސް ރައްޔިތުން ކުރަންޖެހޭނެ ދަނޑިވަޅެއްކަމަށް ވާތީ އިލްތިމާސްކުރަން ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، އަދި ކެތްތެރިކަން އިސްކުރައްވައިގެން ރައްޔިތުންގެ ތެރޭގައި ރަމަޟާން މަހު ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ ގޮތުން ވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާން،
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން

ނަވީން ވިދާޅުވީ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ނުވަތަ އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ފުލުހުންގެ ހޮޓްލައިންތަކައް ގުޅުއްވައިގެން އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

އަދި ޝޮޕިންގ ޕަރމިޓް ލިބުމުން އެ ފަރާތަކަށް ކަނޑައަޅާފައި ހުންނަ ޒޯނެއްގައި އުޅުން މުހިންމު ކަމަށާއި، ގެއިން ނުކުންނަވާއިރު އެކަނި ނުކުންނެވި ނަމަވެސް ފިހާރަތައް ކައިރީގައި ބޮނޑިވާ މަންޒަރު ފެންނަ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ފިހާރަތަކަށް ވަޑައިގަންނަވާ އިރުވެސް، އެ ފިހާރައެއް ދޮށުގައި އިޖުތުމަޢީ އަދި ޖިސްމާނީ ގައިދުރުކުރުމުގައި އަމިއްލައަށް އެކަން ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއްކަން ނަވީން ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް