ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 13:27
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ދަ އެޑިޝަން
ތިޖޫރީއެއްގެ ވަރިފަރާތް ހޯދުން
ހޮވައިގެން ގެނެސްފައިވާ ތިޖޫރީއެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
މިއީ ކަޅުކުލައިގެ ތިޖޫރީއެއް
ތިޖޫރީ ފެނުނީ ވިލިމާލެ ފެރީ ޓަރމިނަލް ތެރެއިން

ހޮވައިގެން ގެނެސްފައިވާ ތިޖޫރީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށައް މިހާރު ގެނެވިފައި ހުރި މި ކަޅުކުލައިގެ ތިޖޫރީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމައް ބުނެއެވެ.

ފުލުހުން ބުނީ މި ތިޖޫރީއަކީ 2020 އޭޕްރީލް 15 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓަރމިނަލް ތެރޭ، ވެރިއަކު ނެތި ހުއްޓާ އާންމު ފަރާތަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ތިޖޫރީއެއް ކަމަށެވެ.

މި ތިޖޫރީގެ ވެރި ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި މި ތިޖޫރީގެ ވެރިފަރާތުން އިންސިޑެންޓް ނަންބަރު 454657 ފުލުހުންނާއި ހިއްސާކުރުމުން، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ދިޔުމުން ތިޖޫރީއާ ހަވާލުވެވޭނެ ކަމަށެވެ.

ތިޖޫރީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު މި ތިޖޫރީގެ ފޮޓޯއެއް ނުވަތަ ތިޖޫރީއާ ބެހޭ އިތުރު މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ.

- ކޮމެންޓް