ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 22:06
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވަރުން ދާވަން
ހިންދުސްތާނީ ޓައިމްސް
ލޮކްޑައުންގެ ހާލަތުގައި މީހުންނަށް އެހީތެރިވުން
ފިލްމީތަރި ވަރުންގެ އެހީތެރިކަން ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް!
ލޮކްޑައުންގެ މިހާލަތުގައި ދިރިއުޅުމަށް ފަސޭހަވާނެ
މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ކުރޭ

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވަރުން ދާވަން ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންތަކަކަށް އެހީވެއްޖެއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވަރުން އެހީވެފައިވަނީ ފެޑަރޭޝަން އޮފް ވެސްޓާން އިންޑިއާ ފައިން އެމްޕްލޯއީސްގައި މަސައްކަތް ކުރާ މީހުން ތަކަކަށްށެވެ.

މިއެހީއާ ގުޅިގެން އިންޑިއަން ފިލްމް އެންޑް ޓީވީ ޑައިރެކްޓަރ އެސޯޝިއޭޝަންގެ ރައީސް އަޝޯކް ޕަންޑިތް ވަނީ ޓްވިޓަރގައި އެކަން ފާހަގަކޮށް ޓްވީޓެއް ކޮށްފައެވެ.

މިޓްވީޓްގައި އޭނާ ބުނީ ފަސްލައްކައާ ގާތްކުރާ އަދަދަކަށް މީހުން އިންޑިއާގެ މުނިފޫހިފުލުވުމުގެ ދާއިރާގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ވަރުން މިދިން އެހީގެ ސަބަބުން މީގެ ތެރެއިން ބައެއް މީހުންނަށް ލޮކްޑައުންގެ މިހާލަތުގައި ދިރިއުޅުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ވަރުން ދަނީ ސޯޝަލް މީޑިއާގައި ކޮވިޑް-19 އާ ގުޅިގެން މީހުން ހޭލުންތެރި ކުރުވުުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް