ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 22:02
ސުނިލް ޝެޓީގެ ދެދަރިން
ސުނިލް ޝެޓީގެ ދެދަރިން
ޓައިމްސް އޮފް އިންޑިއާ
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން
ލޮކްޑައުން އާއެކު ސުނިލް ޝެޓީ މާޒީގެ ތެރެއަށް!
މިފަދަ ފޮޓޯތަކުން ހިތް ހަމަޖެހުން ގެނުވާ
ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވޭ

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސުނިލް ޝެޓީ އޭނާގެ ދެދަރިންގެ ކުޑައިރުގެ ފޮޓޯއެއް އާންމުކޮށްފިއެވެ.

ސުނިލް ޝެޓީ އިންސްޓަގްރާމްގައި އާންމުކުރީ އޭނާގެ ދެދަރިންގެ ކަމަށްވާ އަތިޔާ ޝެޓީއާ އަހާން ޝެޓީގެ ކުޑައިރުގެ ފޮޓޯއެކެވެ.

ސުނިލް ޝެޓީ އާންމުކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ސުނިލް ޝެޓީ ބުނެފައިވަނީ ލޮކްޑައުންގެ މިހާލަތުގައި މާޒީ މަތިން ވަރަށް ހަނދާންވާ ކަމަށާއި، މިފަދަ ފޮޓޯތަކުން ހިތް ހަމަޖެހުން ގެނުވާ ކަމަށެވެ.

އާތިޔާ ޝެޓީއަކީ މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅެ، މަޝްހޫރު ވަމުން އަންނަ ތަރިއެކެވެ.

ކޮވިޑް-19 ފެތުރެމުންދާތީ އިންޑިއާ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ބޮލީވުޑްގެ އެހެން ތަރިން ވެސް އެމީހުންގެ ކުރީގެ މާޒީ ފޮޓޯތައް ޝެއަރ ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް