ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 12:02
އާންމު ހާލަތެއް އަތުވެއްޖެނަމަ މިނިސްޓްރީގެ ހޯލުން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ
އާންމު ހާލަތެއް އަތުވެއްޖެނަމަ މިނިސްޓްރީގެ ހޯލުން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ
ޝުއައިބް މުހައްމަދު އިގްބާލް
ފިތުރު ޒަކާތް ދެއްކުން
މާލެސިޓީގައި ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް!
ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނުން ޒަކާތް ދެއްކޭނެ
އުރީދޫ އެމް ފައިސާއިން ޒަކާތް ދެއްކޭނެ
ފައިސާ މޯބައިލް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ

ކޮވިޑް-19ގެ މިހާލަތުގައި މާލެސިޓީ ސަރަހައްދުގައި ދިރިއުޅޭ މީހުން މާލެ، މި ރޯދަ މަހު ފިތުރު ޒަކާތް ދައްކާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1441 ވަނަ އަހަރު މާލެ ސިޓީ (މާލެ، ވިލިމާލެ، ހުޅުމާލެ) ދިރިއުޅޭ މީހުން ފިތުރު ޒަކާތް ދެއްކުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން 4 އޮންލައިން ފްލެޓްފޯމެއް ބޭނުންކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް ޒަކާތް ދެއްކާނެ ކަމަށާއި، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް ޒަކާތް ދެއްކާނެ ކަމަށެވެ.

އޭގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިންގ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާމޮބައިލް" މެދުވެރިކޮށް ފައިސާ ދެއްކާނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައި މިއޮތް ހާލަތު މި ފެށޭ ރަމަޟާން މަހުގެ ތެރޭގައި ރަނގަޅުވެ އާއްމު ހާލަތަކަށް އަތުވެއްޖެނަމަ އެހެން އަހަރު ތަކެކޭ އެއްގޮތަށް މިނިސްޓްރީގެ ހޯލުން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.

މި ފަހަރު ފިތުރު ޒަކާތް ދައްކަންޖެހޭ ގޮވާމުގެ އަގު:

  1. އާދައިގެ ހަނޑޫ- 15 ރުފިޔާ
  2. ތައިލެންޑް ހުދު ހަނޑޫ- 48 ރުފިޔާ
  3. ބާސްމަތީ ހަނޑޫ- 105 ރުފިޔާ
  4. ރަތް ހަނޑޫ- 65 ރުފިޔާ
  5. އާދައިގެ ފުށް- 12 ރުފިޔާ
  6. އާޓާފުށް- 55 ރުފިޔާ
- ކޮމެންޓް