ކ. މާލެ
|
22 އޭޕްރިލް 2020 | ބުދަ 17:24
މިދިޔަ އަހަރު ދިރާގުން ބޭއްވި ރޯޑު ރޭހުގެ ތެރެއިން
މިދިޔަ އަހަރު ދިރާގުން ބޭއްވި ރޯޑު ރޭހުގެ ތެރެއިން
ދިރާގު
ދިރާގު ރޯޑް ރޭސް ފަސްކުރުން
ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި
ރޯޑް ރޭސް ފަސްކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން
މި ރޭސް ރާއްޖޭގައި ބާއްވަމުން އަންނަތާ 13 އަހަރުވެފައިވޭ

ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ރާއްޖެއަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ޙަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް)ގެ 14 ވަނަ ދުވުމުގެ ޙަރަކާތް މިއަންނަ އަހަރަށް ފަސްކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ދިރާގުން ބުނީ ކޮވިޑް-19 މުޖުތަމަޢުގައި އިތުރަށް ފެތުރަނަ ނުދިނުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައި ވުމުން، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު ދިރާގުން ބޭއްވި ރޯޑު ރޭހުގެ ތެރެއިން

ދިރާގުން ކޮވިޑް19 އާ ގުޅިގެން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށާއި، ދިރާގުގެ މުވައްޒަފުނަށާއި، ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާއި އަދި މުޅި މުޖުތަމަޢަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޒިންމާދާރު އަދި އެއްބައިވަންތަ ގޮތުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް ކަމަށެވެ.

ހުރިހާ އެންމެންވެސް މި ދަނޑިވަޅުގައި ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް، ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް