ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 17:29
ޕެރަގުއާއީގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފައި
ޕެރަގުއާއީގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފައި
އޭޕީ
ޮޕެރަގުއާއީގެ ހަމަނުޖެހުން
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
1992 ވަނަ އަހަރު ވުޖޫދަށް އައި އެގައުމުގެ ގާނޫނޫ އަސާސީ ތަންދެނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށް

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޕެރަގުއާއީގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރަން އުޅޭ ބިލެއްގެ ސަބަބުން، މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފިއެވެ.

މިހާރުގެ ރައީސް ހޯއަސިޓޯ ކާޓެސް ދެވަނަ ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލާ ގުޅިގެން ރައްޔިތުންގެ ތެެރެއިން ބަޔަކު ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލިއިރު 1992 ވަނަ އަހަރު ވުޖޫދަށް އައި އެގައުމުގެ ގާނޫނޫ އަސާސީ ތަންދެނީ ފަސް އަހަރު ދުވަހުގެ އެއް ދައުރު، ރައީސްކަން ކުރައްވާ ބޭފުޅަަކު މަގާމު އަދާ ކުރެއްވުމަށެވެ. އަދި 1992 ވަނަ އަަހަރުގެ ގާނޫނު އަސާސީ ވުޖޫދަށް އައީ 35 އަހަރުގެ ޚުދުމުހުތާރު ވެރިކަމަކަށް ފަހުގައެެވެ.

އެހެން ނަަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވޭ ގޮތަށް ބިލެއް ގާނޫނު ހަދާ މަޖިލީހަށް ވެއްދުމުން މުޒަހަރާ ކުރި މީހުން މަޖިލީހަށް ވަދެގަނެ، މަޖިލީހުގެ ދޮރުތަކާއި އަދި ފެންސްތައް ހަލާކުކޮށް ވަނީ ރޯކޮށް ލާފައެވެ.

ހުކުރު ދުވަހުގެ ރޭ ގާނޫނު ހަދާ މަޖިލީހުގައި ރޯކުރި އިރު، ފުލުހުން މުޒާހަރާ ބައިވެރިން ފަަހަތަށް ޖައްސަން ރަބަރު ބުލެޓާއި ވޯޓާ ކެނަންސް ބޭނުންކޮށްގެން މަސައްކަތް ކުރިއެވެ. ރިޕޯޓުތައް ބުނާ ގޮތުން މިހަމަނުޖެހުންެތެރޭ ބަޔަކު ޒަޚަމްވެގެން ދިޔައިރު އޭގެތެރޭގައި މުޒާހަރާގެ ބައިވެރިންނާއި ސިޔާސީ ފަރާތްތަކާއި ފުލުހުން ހިމެނެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި "ރޯވި އަލިފާންގަނޑު ނުނިވި ދެގަނޑިއިރު ނޫނީ އެއް ގަނޑިއިރު ހުއްޓެވެ."

ޕެރަގުއާއީގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ގާނޫނުހަދާ މަޖިލީހުގައި ރޯކޮށްލި ހާދިސާ ގާތުން ބަލަމުން ދާ ކަމަށާއި އަދި ތަހުގީގު ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް