ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 16:22
ޝިންޖިއާންގެ އާބާދީގެ 45 އިންސައްތައަކީ މުސްލިމުން
ޝިންޖިއާންގެ އާބާދީގެ 45 އިންސައްތައަކީ މުސްލިމުން
ގޫގުލް
ޗައިނާގައި މުސްލިމުންނާމެދު ތަ
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
ޝިންޖިއާންގެ އާބާދީގެ 45 އިންސައްތައަކީ މުސްލިމުން
އަލަށް އެކުލަވާލެވުނު އުސޫލުތައް ބުނާ ގޮތުން މަސައްކަތްތެރިންނަށް ސްޓޭޝަންތަކާއި އެއާޕޯޓް ފަދަ ތަންތަނުގައި މުޅި ހަށިގަނޑު ފޮރުވައި މޫނު ނިވާކުރުން މަނާވާނެ

ޗައިނާގެ ހުޅަނގުގެ ސަރަހައްދެއްކަމަށްވާ ޝިންޖިއާންގައި ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް ހިންގާ ކެމްޕެއިނެއް ކަމަށް ބުނެ އާދަޔާ ޚިލާފަށް ތުނބުޅި ދިގުކުރުމާއި އާއްމުން ތަންތާގައި ބުރުގާ އެޅުން މަނާކޮށްފިއެވެ.

ޝިއާންޖިންއަކީ ޒަމާންވީ މުސްލްމް ޖަމާއަތެއް ކަމަށްވާ ވީގޯރ ރައްޔިތުންގެ އުފަން ރަށެވެ. އެމީހުން ބުނާ ގޮތުގައި ދީނުގެ ސަބަބުން އެމީހުންނާ މެދު ތަފާތުކުރުން ގެންގުޅެއެވެ.

މި ވޭތުވެދިޔަ ފަހުގެ އަހަރުތަކުގައި އެ ސަރަހައްދުގައި ލޭ އޮހޮރުވުން ވެސް ވަނީ ހިނގާފައެވެ.

ޗައިނާ ސަރުކާރުން ބުނާ ގޮތުގައި ހަމަނުޖެހުންތައް ހިންގަނީ ހައްދު ފަހަނައަޅާފައިވާ މުސްލިމް ހަނގުރާމަވެރިންނާއި ވަކިވެ ގަތުމަށް މަސައްކަތްކުރާ ފަރާތްތަކުންނެވެ.

ނަމަވެސް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަމަނުޖެހުން އަންނަނީ ސިޔާސަތުތަކުގެ ސަބަބުންނެވެ. އަދި އަލަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ހައްދުފަހަނައެޅުން އިތުރުވެދާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ޝިއާންޖިންގައި މިފަދަ އުސޫލުތަކެއް ހުރި އިރު މި ހަފްތާގެ ހަފްތާ ބަންދުގައި ވަނީ އެ އުސޫލުތައް ގާނޫނީ ގޮތުން މަނާކުރެވިފައެވެ.

ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި އާ ގާނޫނުތައް ވެސް މަނާކުރެވިގެން ދާނެއެވެ.

 މަނާކުރެވޭ ގާނޫނުތައް

  • ކުދިންނަށް ސަރުކާރުގެ ސްކޫލްތަކަށް ދިއުން މަނާކުރުން
  • ފެމިލީ ޕްލޭނިންގ ސިޔާސަތުގެ ތެރޭގައި ނުހިމެނުން
  • ރަސްމީ ލިޔެކިއުންތައް ގަސްތުގައި ހަލާކުކުރުން
  • ދީނީ އުސޫލާ އެއްގޮތަށް ނޫންގޮތަށް ކައިވެނި ނުކުރެވުން

 

އަލަށް އެކުލަވާލެވުނު އުސޫލުތައް ބުނާ ގޮތުން މަސައްކަތްތެރިންނަށް ސްޓޭޝަންތަކާއި އެއާޕޯޓް ފަދަ ތަންތަނުގައި މުޅި ހަށިގަނޑު ފޮރުވައި މޫނު ނިވާކުރުން މަނާވާނެއެވެ.

މި އުސޫލުތައް ޝިންޖިއާންގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހުއްދަކޮށް އެ ސަރަހައްދުގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ޝިންޖިއާންގެ އާބާދީގެ 45 އިންސައްތައަކީ މުސްލިމުންނެވެ.

 

 

 

- ކޮމެންޓް