ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތަކުން 903 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާއިރު 152 އިމާރާތެއް/އެޕާޓްމަންޓް މޮނީޓަރިންގގެ ހާލަތަށް ގެނެވިފައިވާ ކަަމަށެވެ.
މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިވާ ތަންތަން
- ހއ. މާރެންދޫ
- ހދ. ނޮޅިވަރަމް
- ހދ. ވައިކަރަދޫ
- ހދ. ހިރިމަރަދޫ
- ހއ. ހޯރަފުށި
- ހއ. ތުރާކުނު
- ހއ. ތަކަންދޫ
- ހއ. އިހަވަންދޫ
- ހއ. އުލިގަމު
- ޖޮވެލި މޯލްޑިވްސް ބޮޑު ފުށި ރިސޯޓު އެންޑް ކޮންސްޓްރަކްޝަން ސައިޓް
- ގްރޭޓަރ މާލެ އޭރިއާ
- މޯލްޑިވިއާނާ ސަފާރީ
މީގެ އިތުރުން ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބި 3 މީހެއް ހޯމަ ދުވަހު ދޫކޮށްލެވިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 40ށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވް 26 ދިވެހިންނާއި 34 ބިދޭސީ މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 ގެ މުޅި ޖުމްލަ 60 ކޭސް މިހާތަނަށް ވަނީ ފެނިފައެވެ.