ކ. މާލެ
|
19 އޭޕްރިލް 2020 | އާދީއްތަ 16:56
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވާހަކަ ދައްކަވަނީ
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
މޮނީޓަރިންގ ގެ ހާލަތަށް ގެނައުން
18 ތަނެއް މޮނީޓަރިންގ އަށް، ނޯތު ހާބަރު ކުރިމަތީގައި ހުރި ހުރިހާ ފިހާރަތަކެއް ހިމެނޭ
މީގެ ތެރޭގައި 7 ރަށެއް ހިމެނޭ
އިތުރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިއަށްދަނީ

18 ތަނެއް މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިވާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އެ 18 ތަން މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިވާއިރު އިތުރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިވާ ތަންތަން

  1. ހއ. ތުރާކުނު
  2. ހއ. އިހަވަންދޫ
  3. ހއ. އުލިގަމު
  4. ހއ. ތަކަންދޫ
  5. ހއ. ހޯރަފުށީ
  6. ހދ. ހިރިމަރަދޫ
  7. ހދ. ވައިކަރަދޫ
  8. ގާކޮށި 6/03
  9. ގ. ކޯޝާކް
  10. އަމީން ސްޓާފް ބްލޮކް
  11. ޝީޝާ ޝޯރޫމް ކައިރީގައި ހުންނަ ސެލޫނެއް
  12. މއ. ކްލައިމެޓް (ތިން ވަނަ ފަންގިފިލާގެ އެޕާޓްމަންޓް 1)
  13. ގ. އާނޫރާނީ (އެޕާޓްމަންޓް 4 ބީ)
  14. ޔޯޓޭސްޓް
  15. ލަގްޒަރީ ފިހާރަ
  16. ނޯތު ހާބަރު ކުރިމަތީގައި ހުންނަ ހުރިހާ ފިހާރައެއް
  17. ނޫފަރު އެކްސްޕްރެސް ބޯޓު
  18. ފަތަހަ ހޯމް (ލަގްޒަރީ ކުރިމަތީގައި ހުންނަ)

މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 51ށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވް 14 ދިވެހިންނާއި 14 ބަންގުލަދޭޝް މީހުންނާއި އިންޑިއާ 2 މީހުންނެވެ.

މި މަހުގެ 17 ވާ ހުކުރު ދުވަހުން ފެށިގެން ކުރިއަތް އޮތް 14 ދުވަހަކީ ޕީކް ދުވަސް ވަރެއްކަމަށް ފާހަގަކޮށް އިތުރު ބައެއް މީހުން މާލެ ސިޓީ ޕޮޒިޓިވްވާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެއެވެ. އެހެން ކަމުން މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް އެޅުމަށް ވަނީ އިލްމާސްކޮށްފައެވެ.

- ކޮމެންޓް