ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް ހުކުރު ދުވަހު އެދެފިއެވެ.
First Minister @NicolaSturgeon formally asks the Prime Minister for powers to hold a second independence referendum https://t.co/Yq2ihkEj8A pic.twitter.com/HeJIPsVSZ0
— First Minister (@ScotGovFM) March 31, 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދިވަޑައިގަތީ، ސްކޮޓްލެންޑްގެ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަރޖެން އިނގިރޭސި ބޮޑުވަޒީރު ޓެރެސާ މޭ އަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ފަސްޓް މިނިސްޓަރ ސްޓަރޖަން ބޮޑުވަޒީރު މޭ އަށް ފޮނުއްވި ސިޓީފުޅުގައި، ސްކޮޓްލެންޑްގެ މިނިވަންކަން އިއުލާން ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސްކޮޓްލެންޑްގެ ސަރުކާރުން އެދޭ އެދުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އެއްވެސް ތާކުންތާކު ޖެހޭ ސަބަބެއް ދެއްކިފައި ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.
ހުސްވި އަންގާރަ ދުވަހު ސްކޮޓްލެންޑްގެ ޕާލިމެންޓުންވަނީ މިނިވަންކަން އިއުލާން ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފާސްކޮށްފައެވެ.
ސްކޮޓްލެންޑްގެ މިނިވަންކަމަށް އާއްމު ވޯޓަކަށް ދިއުމަށް ސްކޮޓްލެންޑްގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އެދި ސްކޮޓްލެންޑްގެ ފަސްޓް މިނިސްޓަރ އިނގިރޭސި ބޮޑުވަޒީރަށް ސިޓީ ފުޅެއް ފޮނުއްވުމުގެ އިރުކޮޅެއް ކުރިން ސްކޮޓްލެންޑް ސަރުކާރުގެ ރަސްމީ ޓުވިޓަރުގައި ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަރޖަންގެ ވީޑިއޯ މެސެޖެއް ޝާއިއު ކޮށްފައިވެއެވެ.
ވީޑިއޯ މެސެޖްގައި ސްކޮޓްލެންޑްގެ ކޮންމެ ގޮތަކަށް ސްކޮޓްލެންޑްގެ ރައްޔިތުން ވޯޓުލީ ކަމުގައި ވިޔަސް ސްކޮޓްލެންޑްގެ ކުރިމަގު ނިންމުގެ އިޚުތިޔާރު އޮންނަން ޖެހޭނީ އެ ގައުމުގެ ރައްޔިތުންގެ އަތުގައި ކަމަށް ފަސްޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި އެގޮތް އިނގިރޭސި ސަރުކާރުން ގަބޫލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
Watch First Minister @ScotGovFM @NicolaSturgeon on why she is formally asking for powers to hold a second independence referendum pic.twitter.com/rrg9ruxR6Q
— Scottish Government (@scotgov) March 31, 2017