ކ. މާލެ
|
15 އޭޕްރިލް 2020 | ބުދަ 11:36
ޝާހުރުކް ޚާން އާއި ޕްރިޔަންކާ ޗޯޕްރާ
ހިންދުސްތާނީ ޓައިމްސް
"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ޝޯވ
"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ޝޯވ ގައި ޝާހުރުކް ޚާނާއި ޕްރިޔަންކާ ބައިވެރިވަނީ
މި ޝޯވ އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގްލޯބަލް ސިޓިޒަންގެ ޕްރޮޖެކްޓެއް
ޝޯ ބޭއްވުމަށް ހަަމަޖެހިފައިވަނީ މި މަމަހުގެ 18 ގައި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މީހުންގެ މަސައްކަތަށް ޚާއްޞަ މިއުޒިކް ޝޯވ ގައި ބޮލީވުޑް ސުޕަރ ސްޓަރ ޝާހުރުކް ޚާނާއި ޕްރިޔަންކާ ޗޯޕްރާ ބައިވެރިވާން ނިންމާއިފިއެވެ.

"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ގެ ނަމުގައި އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ބާއްވާ މި ޝޯވ އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގްލޯބަލް ސިޓިޒަންގެ ޕްރޮޖެކްޓެކެވެ.

މި ޝޯވގައި ބައިވެރިވާކަން އިޢުލާނުކޮށް ޝާހުރުކް ޚާން ކޮށްފައިވާ ޓްވީޓްގައި ވަނީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އޭނާ އެ ޝޯވ ގައި ބައިވެރިވާން ނިންމީ އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ބުދަ ދުވަހު ޕްރިޔަންކާވެސް ވަނީ ޝޯގެ ޕޯސްޓަރު ޓްވީޓްކޮށް ޝޯވ ފެށެން ހަތަރު ދުވަހަށް ވެފައިވާ ކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް ޝޯވ ގައި ބައިވެރިވާނެ ކަން ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން އިޖްތިމާޢީ ގައިދުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި ބާއްވާ މި ޝޯވ ކުރިއަށް ދާނީ އޮންލައިންކޮށެވެ. އަދި ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ބްރޯޑްކާސްޓަރުންތަކަކާއި ސްޓްރީމިންގ ސަރވިސްތަކުން މި ޝޯވ ދައްކާނެއެވެ.

އެގޮތުން، ޝޯވ ދައްކަން ހަމަޖެހިފައިވާ ބްރޯޑްކާސްޓަރުންގެ ތެރޭގައި ބީބީސީ، އެންބީސީ، އޭބީސީ، ބީއިން މީޑިއާ ގްރޫޕް އަދި ވިއަކޮމްސީބީއެސް ނެޓްވޯކްސް ހިމެނޭއިރު ސްޓްރީމްކުރާ ފަރާތްތަކުގެ ތެރޭގައި އަލީބާބާ، އެމޭޒަން ޕްރައިމް ވީޑިއޯ، އެޕަލް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓަރ، ޓްވިޗް، ޔާހޫ އަދި ޔޫޓިއުބް ހިމެނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގްލޯބަލް ސިޓިޒަންގެ މި ޕްރޮޖެކްޓް އިންތިޒާމު ކުރަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއެވެ.

ގާގާގެ އިތުރުން މި ޚާއްޞަ ޝޯވގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި އެލެނިސް މޮރިސެޓް، އަންޑްރޭ ބޮޗެލީ، ބިލީ އައިލިޝް، ގްރީން ޑޭގެ ބިލީ ޖޯ އާމްސްޓްރޯންގް، ކްރިސް މާޓިން، ޑޭވިޑް ބެކަމް، އެލްޓަން ޖޯން، އިޑްރިސް އާއި ސަބްރީނާ އެލްބާ، ޖޯން ލެޖެންޑް، ލިޒޯ، ޕޯލް މެކާޓްނީ އަދި ސްޓީވީ ވޮންޑަރ ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް