ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 12:34
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ގޫގުލް
ކޮވިޑް-19: ހައިކޯޓު
އުސޫލަށް އިސްލާހެއް: އިސްތިޢުނާފު މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް އުނިކުރުމަށްފަހު: ހައިކޯޓު
އެއުސޫލްގައި ކުރިން އޮތީ، ސަރުކާރުން ބަންދު ދުވަސްތައް އުނިނުކުރާގޮތަށް
ހޯމަ ދުވަހުގެ ރޭ އުސޫލަށް އިސްލާހެއް ގެނެސް، ސަރުކާރު ބަންދު ދުވަސްތައް އުނިކުރާގޮތަށް ވަނީ ނިންމާފަ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިޔަށް ގެންދިޔުމުގައި އިދާރީ ގޮތުން ޢަމަލުކުރާނެ އުޞޫލުގެ 2 ވަނަ މާއްދާ އިޞްލާޙު ކޮށްފިއެވެ.

މިދިއަ ހޮނިހިރު ދުވަހު، ހައިކޯޓުން ޢަމަލު ކުރާނެކަމަށް ބުނެ އެކޯޓުން ޢާންމުކޮށްފައިވާ އުޞޫލުގައި ބުނެފައިވަނީ ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް އެ މުއްދަތުވެސް އިސްތިޢުނާފު މުއްދަތުގެ ތެރޭގައި ގުނާނެކަމަށެވެ. ނަމަވެސް ހައިކޯޓުން ހޯމަ ދުވަހުގެ ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ އުޞޫލުގެ ދެވަނަ މާއްދާ އިޞްލާޙު ކޮށްފައިވާކަމަށެވެ.

އެގޮތުން، މިހާރު ހައިކޯޓުން ޢާންމުކުރި އުޞޫލުގައި ވަނީ، "މި ޙާލަތުގައި މައްސަލަތަކުގެ އިސްތިޢުނާފު މުއްދަތު ގުނާނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދުކުރެވިފައިވާ ދުވަސްތައް އުނިކުރުމަށްފަހުގައި" ކަމަށެވެ.

ހައިކޯޓުން ޢާންމުކުރި އުޞޫލުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި އެ ކޯޓުން ކުރިއަށް ގެންދާނީ ބަންދު އަމުރާއި ވަގުތީ ޢަމުރުތަކާއި ކޯޓު ޢަމުރުތަކުގެ މައްސަލަތަކުގެ އިތުރުން ޙުކުމް ތަންފީޒު ކުރުން ފަސްކުރަން އެދިފައިވާ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އަޑުއެހުން ނިމިފައިވާ މައްސަލަތަކެވެ. އެކަމަކު އެހެން ބާވަތުގެ މައްސަލައެއް ކަމަށް ވިޔަސް، އެ މައްސަލައެއް އަވަހަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފެނިއްޖެނަމަ، އެ މުއްދަތުގައި އެ މައްސަލައެއްގެ ޝަރީޢަތް ހިންގިދާނެ ކަމަށް ވެސް އެ އުޞޫލުގައިވެއެވެ.

އެ އުޞޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ އަދި އެކަމަށް ޤާނޫނީ ހުރަހެއް ނެތްނަމަ، އެ މައްސަލައެއްގެ ޝަރީޢަތް ވީޑިއޯ ކޮޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ.

- ކޮމެންޓް