ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 17:58
ވެލިގާ ހާޑްވެއަރގެ ފިހާރައެއް
ވެލިގާ ހާޑްވެއަރގެ ފިހާރައެއް
ރާއްޖެ އެމްވީ
ވެލިގާ
ވެލިގާ އިން ރޯދަ ސޭލް ފަށައިފި
 
ރޯދަ ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށް

ވެލިގާ ހާޑްވެއަރގެ ފިހާރަތަކުން ރޯދަ ސޭލް ފަށައިފިއެވެ.

ވެލިގާ އިން ބުނީ މި ސޭލް އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި ވެލިގާ ހާޑްވެއަރ އަދި ބްލަންކްގެ ފިހާރަ ތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް %30 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށައެޅިފައިވާ ކަމަށެވެ.

މިގޮތުން އެ މުއްދަތުގެ ތެރޭގައި ވެލިގާ ހާޑްވެއަރގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެލިގާ އިން ބުނެއެވެ. އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭއިރު ހޮވޭ ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވެސް ހުށަހެޅިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

ވެލިގާ ހާޑްވެއާރގެ ފިހާރަތަކުން:

ކޮންމެ ދުވަހަކު ކޮންމެ ފިހާރައަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް 2،500ރ ގެ ވައުޗަރއެއް

މުޅި ޕްރޮމޯޝަނުން ހޮވޭ 1 ވަނަ ފަރާތަކަށް 15،000ރ ގެ ވައުޗަރ އެއް އަދި އިތުރު 2 ފަރާތަކަށް 5،000ރ ގެ ވައުޗަރއެއް

ބްލަންކްގެ ފިހާރަތަކުން:

ކޮންމެ ދުވަހަކު ކޮންމެ ފިހާރައަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް އަގުހުރި އިނާމެއް

މުޅި ޕްރޮމޯޝަނުން ހޮވޭ 1 ވަނަ ފަރާތަކަށް 15،000ރ ގެ ވައުޗަރ އެއް އަދި އިތުރު 2 ފަރާތަކަށް 5،000ރ ގެ ވައުޗަރއެއް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އާންމުން ބޭރު ތެރެއަށް ނުކުމެ ނޫޅުމަށް އަންގާފައިވާ އެންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޯނުން ގުޅައިގެން މުދާ ގަންނަ ފަރާތްތަކަށް ސީދާ ގެއާ ހަމައަށް މުދާ ފޯރުކޮށް ދިނުމުގެ ހިދުމަތެއް ވެސް ވެލިގާގެ ފިހާރަތަކުން ވަނީ ފަށާފައެވެ.

2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއަރ އިން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައެވެ. އަދި ހާޑްވެއާ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ ވެލިގާ ހާޑްވެއަރ އަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް