ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 11:50
ވަރުން ދަވަން
ހިންދުސްތާނީ ޓައިމްސް
ކޮވިޑް-19
ވަރުންގެ ގާތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ވަރުންގެ ކުޑައިރުގެ ރަހުމަތްތެރިއެއް
އޭނާގެ ހާލު ދަނީ ރަނގަޅުވަމުން

ބޮލީވުޑްގެ ފިލްމީތަރި، ވަރުން ދަވަންގެ ގާތް އަދި ކުޑައިރުގެ ރަޙުމަތްތެރިއެއް ކަމަށްވާ ޒޯއާ މޮރާނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ވަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންސްޓަގްރާމް ލައިވް ޝެޝަންގައި ވަރުން ވަނީ ޒޯއާ އާއި ވާހަކަ ދައްކާފައެވެ. އަދި އޭނާއަށް ވަރައިސް ޖެހެން ފެނުނު އަލާމާތްތަކާއި ކުރެވުނު ތަޖުރިބާ ޒޯއާ ވަނީ ވަރުން އާއި ހިއްސާކޮށްފައެވެ. މި ހަފުތާގެ ކުރީކޮޅު ޒޯއާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ ވަނީ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އަދި ފަރުވާ ހޯދަން ފެށުމުން އެނާގެ ޞިއްޙީ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޒޯއާ ބުނެފައިވެއެވެ.

ޒޯއާގެ އިތުރުން އޭނާގެ ބައްޕަ އަދި ޕްރޮޑިއުސަރ ކާރިމް މޮރާނީ އާއި ދައްތަ ޝަޒާ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރުން އޭނާގެ އިންސްޓަގްރާމްގެ ލައިވް ސެޝަންގައި ބުނެފައިވަނީ އޭނާގެ ގާތް މީހަކަށް ކޮވިޑް-19 ޖެހުމުން ނޫނީ މީގެ ސީރިއަސްކަން އިހުސާސް ނުކުރެވޭ ކަމަށެވެ. އަދި މި ނުރައްކާތެރި ވައިރަސް އިން ސަލާމަތްވުމަށް ގޭގައި ތިބުމަށާއި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ވަރުން ވަނީ އެދިފައެވެ.

ވަރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ޤާއިމުކޮށްފައިވާ ޕީއެމް ކެއަރ ފަންޑަށް 30 ލައްކަ އިންޑިއަން ރުޕީސް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން މަހާރާޝްތްރާ ޗީފް މިނިސްޓަރ ފަންޑަށް 25 ލައްކަ އިންޑިއަން ރުޕީސް އޭނާ ވަނީ ހަދިޔާކޮށްފައެވެ. ދާދިފަހުން ވަރުން ވަނީ ކާބޯތަކެތީގެ ބޭނުން ޖެހިފައިވާ މީހުންނަށާއި ޞިއްޙީ ދާއިރާގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭނެކަން އިޢުލާނު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް