ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 09:51
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ބިދޭސީންގެ މައްސަލަ
ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ފަށަނީ
40،000 ހާސް ބިދޭސީން ވަނީ ރަޖިސްޓްރީވެފައި
އިތުރު 20،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާކުރެވޭ: މިނިސްޓަރު

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ، ނޭޝަަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އިމިގްރޭޝަނާއި، އެމްއެންޑީއެފް އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ޙާލަތު ގޯސްތަންތަނުގައި ދިރިއުޅޭ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ކުރިޔަށް އޮތް ހަފްތާގައި އަޅުގަނޑުމެން އުއްމީދު ކުރަނީ ގާތްގަނޑަކަށް ދޮޅުހާސް (1500) މީހުންނާ ގާތްކުރާ ވަރަކަށް އެކަހަލަ ދިމަ ދިމާލުން ގެންދެވޭނެ ކަމަށް އެއަށްވުރެ ހާލަތު ރަނގަޅު ސާފުތާހިރު ދިމާތަކަށް
ފައްޔާޒް އިސްމާއިލް - އިކޮނޮމިކް މިނިސްޓަރު -

ބިދޭސީން ޤަވާއިދަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ''ރެގިއުރަލައިޒޭޝަން'' ޕްރޮގުރާމުގެ ތަފުޞީލު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ފެބްރުއަރީ މަހާ ހަމަޔަށް 40،000 އާ ގާތްކުރާ ޢަދަދަކަށް ވަރަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެއްވެސް ކަހަލަ ލިޔުމެއް ނެތް ބިދޭސީން ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަދިވެސް ރަޖިސްޓްރީނުވާ 20،000 އެއްހާ ބިދޭސީން ތިބެދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މިސާލަކަށް މި ކާފިޔު ތެރޭގައި އަޅުގަނޑުމެންނަށް ފުލުހުންގެ ފަރާތުން މަގުމަތިން ބައެއް ފުލުހުން ސުވާލުކުރުމުގެ ތެރޭގައި އަޅުގަނޑުމެންނަށް އެއް ގޮތަކަށްވެސް ރަޖިސްޓްރީނުވާ ވެސް ކޮންމެވެސް ވަރަކަށް މީހުން ފެނިފައިއެބަވޭ
ފައްޔާޒް އިސްމާއިލް - އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވި ގޮތުގައި ބިދޭސީން ރަޖިސްޓްރީކުރާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ލިޔެކިޔުން ނެތް ބިދޭސީންގެ ލިޔެކިޔުންތައް ހެއްދުމެވެ. އެމްބަސީ މެދުވެރިކޮށް ''ޑޮކިއުމެންޓް'' ހެއްދުމަށް ގިނަ ދުވަސް ނަގާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރަޖިސްޓްރީ ވެފައިވާ ބިދޭސީން ވަޒީފާތަކަށް ނެގުުމުގައި ދިމާވާ ދަތިތަކެއް އެބަހުރިކަމަށެވެ.

- ކޮމެންޓް