ކ. މާލެ
|
11 އޭޕްރިލް 2020 | ހޮނިހިރު 19:30
ޕޫރަބް ކޯލީ އާއިލާ ވަނީ ކޮވިޑް-19 އިން ފަސޭހަވެފައި
އިންސްޓަގްރާމް
ކޮވިޑް-19
އެކްޓަރ ޕޫރަބް ކޯލީ ކޮވިޑް-19 އިން ރަނގަޅުވެއްޖެ
ދެ ދަރިންގެ އިތުރުން އަންހެނުންވެސް ވަނީ ބަލިން ރަނގަޅުވެފައި

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާގެ އެކްޓަރ ޕޫރަބް ކޯލީ ބަލިން ރަނގަޅުވެއްޖެ އެވެ.

ހުކުރު ދުވަހު އިންސްޓަގްރާމް ގައި ޕޫރަބް، އޭނާގެ އަންހެނުންނާއި ދެ ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރުމަށް ފަހު ބުނީ، އޭނާއާ އޭނާގެ އާއިލާ ކޮވިޑް-19 އިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށެވެ.

ހިންދީ ފިލްމު ''ރޮކް އޮން 2'' އިންވެސް ފެނިގެން ދިޔަ ޕޫރަބް ވަނީ، ފޭނުންގެ އިތުުރުން އާއިލާގެ މީހުންގެ ފަރާތުން މެދުނުކެނޑި ލިބުނު ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.

މިހާރު ލަންޑަނުގައި ހުރި ޕޫރަބް ވަނީ ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ ދާއިރާގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޕޫރަބް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ޓެލެސީރިސް ޑްރާމާތަކުން އާއްމުންގެ މަގުބޫލު ކަމެއް ހޯދާފައިވާ ޕޫރަބް، ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރި މިދިޔަ ހަފްތާގައެވެ. ޒީ ޓީވީގެ 'ހިޕް ހިޕް ހުއްރޭ'' އިން ފިލްމު އިންޑަސްޓްރީ އަށް ނިކުތް ޕޫރަބްއަށް ވަނީ ފަރްޙާން އަހްތަރްގެ ''ރޮކްއޮން'' ގައި އޭނާ ކުޅެފައިވާ ރޯލުން އެވޯޑް ހޯދާފައެވެ. އޭނާ ކައިވެނި ކޮށްގެން އުޅެނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ލޫސީ ޕޭޓަންއާ އެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް