ކ. މާލެ
|
10 އޭޕްރިލް 2020 | ހުކުރު 19:51
ޓީޓީއެމްގެ ޓްރެވަލް ސަމިޓްގެ ތެރެއިން
ޓީޓީއެމްގެ ޓްރެވަލް ސަމިޓްގެ ތެރެއިން
ރާއްޖެއެމްވީ
ޓީޓީއެމް
ޓީޓީއެމް ފެއަރ ސެޕްޓެމްބަރު މަހު ބާއްވަނީ
 
ފެއަރ ފަސްކުރަން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން

ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއަރ ސެޕްޓެމްބަރު މަހު ބޭއްވުމަށް އޯރކާ މީޑިއާ ގްރޫޕުން ނިންމައިފިއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ މި ފެއަރ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތެރޭގައެވެ. ފެއަރ ބާއްވާ ތާރިހު ފަސްކުރަން އޯރކާ އިން ނިންމާފައިވަނީ މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވަނީ ކޮވިޑް-19 ގެ މި ހާލަތާ ގުޅިގެންނެވެ.

އޯރކާ އިން ބުނީ ފެއަރގައި 30 ޤައުމަކުން 100 އަށްވުރެ ގިނަ ޓުއަރިސްޓް ރިޒޯޓުން ބައިވެރިވާނެ ކަމަށާއި ސިޓީ ހޮޓާތަކާއި 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންވެސް ފެއަރގައި ބައިވެރިވުމަށް ރެޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

މިއީ ޓީޓީއެމް ފެއަރ ބާއްވާ 4 ވަނަ އަހަރުކަމަށްވާއިރު ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯއެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް