ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 11:32
ކުޅުއްދުއްފުށި ސިޓީ
ކުޅުއްދުއްފުށި ސިޓީ
ޓްވިޓަރ
ފުލުހުން
މާރާމާރީ ހިންގުމަށްފަހު ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް މައްސަލައެއް ފުލުހުން ބަލަނީ
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން
އަނިޔާކޮށް އެމީހާގެ ވޮލެޓް ވަނީ ފޭރިގަނެފައި
އަނިޔާކޮށްފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް

މާރާމާރީ ހިންގުމަށްފަހު ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އޭޕްރީލް 7 ވަނަ ދުވަހުގެ ރޭ 22:30 ހާއިރު ކުޅުއްދުއްފުށީގައި މަސައްކަތް ކުރާ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކަށް ސައިކަލުން ދިޔަ ދެމީހަކު ހަމަލާދީފައިވާކަމަށެވެ. އެމީހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ކަމަށާއި އެ ދެމީހުން އައިސް ބިދޭސީ މީހާގެ ގައިގައި ދަނޑިބުރިޔަކުން ޖަހައި މާރާމާރީ ހިންގުމަށް ފަހު ވޮލެޓް ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފަައިވާކަމަށެވެ.

މި މާރާމާރީގެ ސަބަބުން އަނިޔާލިބުނު ފަރާތުގެ ވައަތު ބުމަ މަތިން 1 އިންޗި ފަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ، އަދި އެމީހާގެ ކަނާތު އަތަށް ވެސް އަނިޔާލިބިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ބިދޭސީމީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް