ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 22:34
ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ ކްލިނިކެއް
ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ ކްލިނިކެއް
ރާއްޖެ އެމްވީ
ކޮވިޑް-19
ކޮވިޑް-19: ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފި
ކުލިނިކްތަކުން ޖުމްލަ 5959 މީހަކަށް ޚިދުމަތް ދީފައިވޭ
މިތަން ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައި
ޓްރެވަލް ކްލިނިކް މިހާރު ވަނީ ޖެނެރަލް ފްލޫ ކުލިނިކަކަށް ބަދަލުކުރެވިފައި

ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް މިހާރު ހުޅުވާފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒުވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އާންމު ބަލިތަކަށް މިކުލިނިކުން ފަރުވާދޭނެކަމަށެވެ. މިތަން ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިތަނުން އޯޕީޑީގެ ޚިދުމަތް ލިބެމުންދާނީ ހެނދުނު 9 ން މެންދުރު 1 ޖަހަންދެން ކަމަށާއި އެޕޮއިންޓްމަންޓެއް ނަހަދާ ޚިދުމަތް ހޯދޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެއިތުރުން މާލެހިޔާ ފުރަގަހުގައި ކުރިޔަށްގެންދިޔަ ޓްރެވަލް ކްލިނިކް މިހާރު ވަނީ ޖެނެރަލް ފްލޫ ކުލިނިކަކަށް ބަދަލުކުރެވިފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. އެތަނުން ދިވެހިންނާއި ބިދޭސީންނަށް ޚިދުމަތް ލިބޭނެކަމަށާއި ހެނދުނު 10 ން ރޭގަނޑު 10 ށް އެތަނުން ޚިދުމަތް ލިބޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާރު 23 ފްލޫ ކުލިނިކެއް ހިންގަމުންދެ އެވެ. މިތަންތަނުން ޖުމްލަ 5959 މީހަކަށް ޚިދުމަތް ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. ފާއިތުވި 24 ގަޑިއިރު 142 މީހަކަށް ޚިދުމަތް ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގައި ވަނީ އެކަމަށް ޚާއްސަ ފްލޫ ކްލިނިކް ތަކެއް ހަދާފަ އެވެ.

- ކޮމެންޓް