ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 21:04
ބޭންކް އޮފް މޯލްޑިވްސް ބްރާންޗަކުން ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދެނީ
ބޭންކް އޮފް މޯލްޑިވްސް ބްރާންޗަކުން ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދެނީ
ބީއެމްއެލް
ކޮވިޑް-19
ބީއެމްއެލްގެ ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ގައި ހުޅުވާނެ
ސަރވިސް ސެންޓަރުތައް ހުޅުވާފައިހުރި ނަމަވެސް ކަސްޓަމަރުން ގޭގައި ތިބެގެން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ބޭންކުގެ ޚިދުމަތް ހޯދުމަށް އެދޭކަމަށް
މިދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9:30 ން 12:30 އަށް
ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބާޒާރު ބްރާންޗް ފިޔަވައި އެހެން ހުރިހާ ބްރާންޗާއި ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ވަނަ ދުވަހު ހުޅުވާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މި ދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9:30 ން 12:30 އަށް ކަމަށެވެ. އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުރި ނަމަވެސް ކަސްޓަމަރުން ގޭގައި ތިބެގެން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ބޭންކުގެ ޚިދުމަތް ހޯދުމަށް އެދޭ ކަމަށެވެ. އެންމެފަހުން ބޭންކު ހުޅުވި ދުވަހު ބޭންކު ކައިރީގައި އެތައް ބަޔަކު ވަނީ ކިޔު ހަދާފައެވެ. މިދުވަސް ކޮވިޑް-19 ފެތުރޭތީ ސޯޝަލް ޑިސްޓޭންސް ގެންގުޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުންދާއިރު ބޭންކު ކައިރީއަށް އެތައް ބަޔަކު ޖަމާވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.

އެކަމާއި ގުޅިގެން ބޭންކުން ބުނެފައިވަނީ ބޭންކުގެ އެތެރޭގައި ސޯޝަލް ޑިސްޓޭންސް ބެހެއްޓޭ ވަރަށް މާކްތަކެއް ހުންނާނެ ކަމަށާއި މީހުން ކިޔުގައި ތިބުމަށް ކަނޑައަޅާފައިވަނީ އެ މާކުތަކުގައި ކަމަށެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ގިނައިން މީހުން އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އަންގަމުންނެވެ.

- ކޮމެންޓް