ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 21:46
ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ
ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ފަރުކޮޅުފުށި
ކޮވިޑް-19: ފަރުކޮޅުފޮއްޓަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: މަބްރޫކް
ފަރުކޮޅުފުށި ތަރައްގީ ކުރީ ދެފިޔަވައްސަކަށް ބަހާލައިގެން
ފެސިލިޓީގެ ވާރޑުތައް ވަނީ އޭސީކޮށްފައި

ފަރުކޮޅުފުށީގައި ކަރަންޓީންގެ ފެސިލިޓީ ޤާއިމުކުރުމަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށި ތަރައްޤީ ކުރީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން މިހާރު ޤާއިމުކުރެވިފައިވާ ކަރަންޓީންގެ ފެސިލިޓީއާ ބޭނުންކުރާ އެކިއުޕްމެންޓާއެކު ޖުމުލަ 5.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފަރުކޮޅުފުށި އަލުން ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދުގެ އިތުރުން، 1 ވެންޓިލޭޓަރުގެ ޚިދުމަތާއެކުއެވެ. މިހާރު ފެސިލިޓީގެ ވާރޑުތައް އޭސީކޮށް، ހުރިހާ ވާރޑެއްގައި ބިއްލޫރި ވަނީ ޖަހާފައެވެ. އަދި ޓީވީ ހަރުކޮށް، ކޮންމެ ވާރޑެއްގައިވެސް ވައިފައިއާއެކު ޓީވީއެއް ބެހެއްޓިފައި ހުންނާނެއެވެ.

އޭގެ އިތުރުން، ނަރުހުންނަށް ޚާއްޞަކޮށް ނަރސިންގ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ. ކޮންމެ ވާރޑެއްގައިވެސް 2 ފާޚާނާ ހުންނާނެއެވެ.

- ކޮމެންޓް