ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 17:41
މަރާލައިފައިވާ ކިމް ޖޮން ނަމް
މަރާލައިފައިވާ ކިމް ޖޮން ނަމް
އޭއެފްޕީ
އުތުރު ކޮރެއާ-މެލޭޝިއާ
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ބުދަ ދުވަހު މިހެން ވިދާޅުވިއިރު މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި

މެލޭޝިއާ އެއާޕޯޓެއްގައި މަރާލި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރާލުމުގެ ހާދިސާާއާ ގުުޅިގެން މެލޭޝިއާ އާއި އުތުރު ކޮޮރެއާގެ ގުޅުން ގޯސްވެ، އުތުރު ކޮރެއާ ދޫކޮށް ދިޔުން މަނާކޮށްފައިވާ މެލޭޝިއާގެ ނުވަ ރައްޔިތުންނާ ގުޅޭ ގޮތުން، މެލޭޝިއާ އިން އުތުރު ކޮރެއާއާ އެކު "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ނަޖީބު ރައްޒާގު އިތުރަށް ވިދާޅުވެފައި ވަނީ މިފަދަ ވަގުތުތަކުގައި ބޮޑަށް ބޭނުން ވަނީ ނަތީޖާ ކަމަށާއި، ހާސިލުކުރަން ބޭނުން ވަނީ އުތުރު ކޮރެއާގައި ތިބި އެގައުމުގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަމަށެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ބުދަ ދުވަހު މިހެން ވިދާޅުވިއިރު މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވެ، އުތުރު ކޮރެއާގައި ހުންނަ މެލޭޝިއާގެ އެމްބަސީގެ ތިން މުވައްޒަފަކާއި އެމީހުންގެ އާއިލާގެ ހަ މެމްބަރަކު އަނބުރާ މެލޭޝިއާ އަށް ނާދެވިފައިވާއިރު، އެއްގައުމު އަނެއް ގައުމުގެ އެމްބެސެޑަރުން ގައުމުން ފޮނުވާލައި، އެގައުމެއްގައި ތިބި އަނެއް ގައުމަށް ނިސްބަތްވާ ރައްޔިތުން ގައުމު ދޫކޮށް ދިޔުން ވަނީ މަނާކޮށްފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. އިތުރު ބަޔަކު ހޯދުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

 

- ކޮމެންޓް