ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ އާއި އެކު ނަށަން ފުރުސަތު ލިބުމުން ކުރެވެނު އިހުސާސް ކިޔާދޭން ބުނުމުން ވަރުން ދަވަން ލަދު ގަނެއްޖެއެވެ.
ވަރުން ވަނީ އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމް "ސްޓްރީޓް ޑަންސަރ 3ޑީ" ގައި ހިމެނޭ ލަވައެއް ކަމަށްވާ "ގަރްމީ" މި ލަވައަށް ނަށާފައެވެ.
އިނބްޓަނެޓްގައި ދައުރުވަމުންދާ ނޯރާ އާއި ވަރުން އެކުގައި ތިބި ވީޑިއޯއެއްގައި މީހަކު ވަރުން އާއެކު ނަށަން ޖެހިލުންވިތޯ އެހުމުން ނޯރާ ބުނެފައިވަނީ އޭނާ ވަރަށް ޖެހިލުންވި ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
ވަރުން އާ އެ ސުވާލު ކުރުމުން ވަރުން ވަނީ ލަދުގަންފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ވަރުން ލަގުގަންފައިވާ މަންޒަރު ފެނި ނޯރާވެސް ވަރުން ލަދުގަތީ ކީއްވެތޯ ސުވާލު ކޮށްފައިވެއެވެ. މި ވީޑިއޯއަކީ "ގަރްމީ" ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެކެވެ.
"ސްޓްރީޓް ޑާންސަރ 3ޑީ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ވަރުން މިހާރު ކުރަމުންދާ މަދސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކޫލީ ނަމްބަރު1" އިން ސާރާ އަލީ ޚާން އާއި އެކުގައެވެ. ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޕޮރޮޑިއުސް ކުރާ މި ފިލްމަކީ 1995 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ކޫލީ ނަމްބަރު 1" ގެ ރީމޭކެކެވެ.