ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 14:03
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
ރާއްޖެ އެމްވީ
ކޮވިޑް-19
އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން، ރައީސް ސޯލިހަށް ލަފާފުޅެއް އަރުވަނީ
މަޖިލީހުގެ ކޮމެޓީތަކުން ގިނަ ކަންކަމެއް ދިރާސާކުރަމުންދޭ
ފަތުރުވެރިކަމެއް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން އިޤްތިސާދަށް ކުރާ އަސަރުތަކުގެ ދިިރާސާތައްވެސް ހަދާ

ރައްޖޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ދަތިތަކާއި ގުޅެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ދިރާސާތަކެއް ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާފުޅެއް އަރުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމެޓީތަކުން މިހާރު ދިރާސާތަކެއް ހަދަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ފަތުރުވެރިން ދެން ރާއްޖެ އަންނަން ފަށާނެ ދުވަހެއް ލަފާކުރުމާއި، އިޤްތިސާދު ކުރިއަރަން ފަށާނެ ދުވަސް ލަފާކުރުން ފަދަ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އޭގެއިތުރުން ވަޒީފާގެ ބާޒާރަށް އަންނަ ބަދަލާއި، ފުޑް ސެކިއުރިޓީގެ ކަންކަމުގައިވެސް ކޮމެޓީތަކުން ދިރާސާތައް ކުރަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ ހަފްތާގައި ކުރާ މަސައްކަތާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައްޔިތުންގެ މަޖިލީހުން ލަފައެއް އެރުވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

- ކޮމެންޓް
2 އޭޕްރިލް 2020 | ބުރާސްފަތި 15:33
ހަސަންފުޅު
ސަރުކާރު ހިނގުމުގެ ތެރެޔަށް މަޖްލިސް ވަންނާކަށް ނުޖެހޭ! އަދި ސަސްޕިޝަސް ކޭސްތަކުގެ މީހުން ކަރަންޓީންކުރަންޖެހޭ އަދި ދެފަހަރު ޓެސްޓުކޮއް ނެގެޓިވްނުވަނީސް ނެގެޓިވީކަމަށް ނުބެލޭނެ! އާން މިކިޔަނީ އެންމެންގެ މައްޗަށް ހަމަހަމައަށް ޤާނޫނު ތަންފީޒުކޮށް ނަޝީދުވިޔަސް ކަރަންޓީނުކޮށް ދެފަހަރު ޓެސްޓުކުރާށޭ!