ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ އެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތެއް ކަަރަންޓީނުކޮށް ޓެސްޓް ހެދުމަށް ނިންމާފައެވެ. އެގޮތުން ރައީސް ނަޝީދު މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވުމާއި ގުޅިގެން އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓް ކުރައްވާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާއިރު އެގައުމުން މިދިޔަ މަހު ރާއްޖެ އައި މީހުން އެވައިރަސްއަށް ޓެސްޓް ނުކުރާތީ އަދި ކަރަންޓީންގައި ނުބައިތިއްބާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން މިހާރު ވަނީ މަރޗް މަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ނިންމާފަ އެވެ.