ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 12:17
ކެޓްރީނާ ކެއިފް އާއި ސިދާތް މަލޯތްރާ
ކެޓްރީނާ ކެއިފް އާއި ސިދާތް މަލޯތްރާ
ޕިންކު ވިލާ
ބޮލީވުޑް
ކެޓްރީނާ އަކީ ސިދާތްގެ ކްރަޝްއެއްކަން އިނގޭތަ؟
ދެތަރިން އެދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ވަނީ ފެނިގެން ގޮސްފައި
ކްޓްރީނާ އަކީ ކަޅިޖަހައިނުލާ އެތައް ފަހަރަކު ބަލަން ހުންނަ ވަރުގެ މީހެއް ކަމަށް ސިދާތް ބުނި

ބޮލީވުޑްގެ ދެ ތަރިންކަމަށްވާ ސިދާތްމަލޯތްރާ އާއި ކެޓްރީނާ ކެއިފް ފުރަތަމަ ދިމާވެފައިވަނީ 2016 ވަނަ އަހަރު އެ ދެތަރިންކުޅެފައިވާ ފިލްމް "ބާރު ބަރު ދޭކޯ"ގެ ސެޓުންނެވެ. ނިތްޔާ މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި މި ދެތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ގުޅޭކަން ހާމަވެގެންދެއެވެ.

މި ފިލްމްގެ ޕޮރޮމޯޝަން މަސައްކަތްތައް ކުރިއަށް ދިޔައިރު ކެޓްރީނާ އާއި ސިދާތް ޑޭޓްކުރާކަމުގެ އަޑުތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ.

ކޮންމެއަކަސް މި ދެތިރިންވެސް އެކަން ޔަގީންކޮށްދީފައެއް ނުވިނަމަވެސް ދެތަރިން އެ ދެ ތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ވަނީ ފެނިގެން ގޮސްފައެވެ. ދާދި ފަހުން މިޑް ޑޭއަށް ދިން އިންޓަވިއު އެއްގައި ސިދާތް ވަނީ ބަރާތްގެ ތަރި ކެޓްރީނާއަކީ އޭނާގެ ކްރަޝްއެއް ކަމަށް ހާމަކޮށްފައެވެ.

ސިދާތް ބުނެފައިވަނީ ފިލްމްގެ ޕްރޮމޯޝަންގައި ދެމީހުނަށް އެކަކު އަނެކަކުގެ ލޮލަށް އެސްފިޔަ ޖަހައިނުލާ އެންމެ ގިނައިރު ހުރެވޭ މީހަކު ބެލަން ޖެހުނު ކަމަށެވެ. އެވަގުތުގައި ސިދާތަށް އެންމެ ފަހަރަކުވެސް އެސްފިޔަ ޖަހައި ނުލާ ކެޓްރީނާގެ ލޮލަށް ބަލަން ހުރެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ކެޓްރީނާ އަށް އެސްފިޔަ ނުޖަހާ ނުހުރެވުނު ކަމަށް ސިދާތް ވަނީ ބުނެފައެވެ.

އޭނާގެ ކްރަޝްއަކާއި އެކު ލޯބީގެ މަންޒަރުތައް ނަގަން ޖެހުނު ކަމަށާއި އެވަގުތުތަކުގައި ވަރަށް އުނދަގޫވި ކަމަށްވެސް ޝިދާތް ވަނީ ބުނެފައެވެ. އަދި ކްޓްރީނާ އަކީ ހުއްޓައިނުލައި އެތައް ފަހަރަކު ބަލަން ހުންނަ ވަރުގެ މީހެއް ކަމަށް ސިދާތް ވަނީ ބުނެފައެވެ.

ވަށްމޭޒު ބައްދަލުވުމެއްގައި ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރުވެސް އެންމެ ބަހަކުން ކެޓްރީނާ ސިފަކޮށްދިނުމަށް އެދުމުން ސިދާތް ބުނެފައިވަނީ "ކްރަޝް" ކަމަށް އޭނާ ބުންޏެވެ.

"މަރުޖާވާން" ގެ ތަރި ސިދާތްއަށް މިޑްޑޭއިން ކުރި އިންޓަވިއުގައި އޭނާ އައި ކެޓްރީނާ "ބާރުބާރުދޭކޯ" ގެ ކުރިންވެސް ރައްޓެހިތޯ އެހުމުން ސިދާތް ބުނެފައިވަނީ ބޭރުތެރެއިން ފެނި އެކަކު އަނެކަކު ދަންނަ ކަމަށާއި ނަމަވެސް ކުރިން ރަހުމަތްތެރިކަމެއް ނެތް ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި ރަހުމަތްތެރިކަން އުފެދުނީ ފިލްމް ޝޫޓިން ތެރެއިން ކަމަށް ސިދާތް ވަނީ ބުނެފައެވެ.

ފިލްމް ޕްރޮމޯޝަންގެ ތެރެއިން ސިދާތް އާއި އޮންނަ ގުޅުމާއި މެދު ކުރި ސުވާލަށް ޖަވާބުދެމުން ކެޓްރީނާ ބުނެފައިވަނީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށެވެ. އަދި އަސްލު ދިރިއުޅުމުގައި ސިދާތްއާއި ކައިވެނިކުރުމަށް ނޭދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ސިދާތްއާއި ދިމާލަށް އަސްލު ދިރިއުޅުމުގައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވޭތޯ އެހުމަށްފަހު ދެމީހުންވެސް ވަނީ އެކަމާއި ހީ ސަމާސާކޮށް ވާހަކަ ދައްކާފައެވެ.

ދާދި ފަހުން ވަނީ ސިދާތް އާއި ކިއާރާ އަދްވާނީ އާ ޑޭޓް ކުރާ ކަމުގެ އަދުތަކެއް ފެތުރިފައެވެ. އަދި ކެޓްރީނާ އާއި ވިކީ ކައުޝަލް ޑޭޓް ކުރާ ކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މީގެއިން އެއްވެސް ތަރިއަކު އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

- ކޮމެންޓް