ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށްޓަކައި ޕާރުސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެޗްޕިއޭއިން ބުނީ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށްޓަކައި ޕާރުސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ.
މެންދުރުފަހު 2:00 އިން 4:00 އަށެވެ. މި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެ ރަންނަބަނޑެރި މާލަމަށް ބޭރުން ވަންނަ ދޮރުމަތީގައި ޤާއިމް ކޮށްފައި ހުންނަ ޑެސްކުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
އެކަމަށް ކަނޑައަޅާފައިވާ ހޮޓް ލައިން ނަމްބަރަކީ 7290223 އެވެ.