ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 10:08
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް
ރައްޔިތުންގެ މަޖިލިސް
ކޮވިޑް-19
ސްޓިމިއުލަސް ޕެކޭޖް އަންނަ ހަފްތާގައި ދޫކުރަން ފަށަނީ
އެހީގެ ގޮތުގައި ދޫކުރަނީ 2،5 ބިލިއަން ރުފިޔާ
ރަހުނު ބަހައްޓާކަށް ނުޖެހޭނެ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖް އަންނަ ހަފްތާގައި ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ސްޓިމިއުލަސް ޕެކޭޖްގެ އެންމެ ބޮޑު މަގްސަދަކީ ވަޒީފާ ހިމާޔަތް ކުރުމާއި އެކު ވަޒީފާ ގެއްލޭ ހާލަތްތަކުގައި އެ ފަރާތްތަކަށް ލިބެންޖެހޭ އެހީ ދިނުން ކަމަށެވެ.

އަމީރު ވިދާޅުވީ، 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯން ދޫކުރަނީ ބެންކޮ އޮފް މޯލްޑިވްސް އިން ކަަމަށެވެ. އަދި އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކަށް ލޯނު ދޫކުރާނީ އެސްޑީއެފް ބޭންކުންނެވެ.

މި ލޯނުތައް ދޫކުރަން ނިންމާފައިވަނީ، ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ތިން އަހަރުން އަނބުރާ ދައްކާ ގޮތަށް %6 އިންޓްރެސްޓް ރޭޓުގައެވެ. ލޯނު ބޭނުންވާ ފަރާތްތަކުން އެއްވެސް ކޮލެޓަރަލް (ރަހުނު) އެއް ބަހައްޓާކަށް ނުޖެހެއެވެ.

ދިވެހިން ވަޒީފާއިން ވަކި ނުކުރުމާއި މުސާރަތައް ކުޑަނުކުރުމަކީ ލޯނު ނަގާ ފަރާތަށް ޝަރުތުކުރެވޭ ކަމެކެވެ.

- ކޮމެންޓް