ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 04:33
ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވުން ވަނީ މަނާކޮށްފައި
ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވުން ވަނީ މަނާކޮށްފައި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ތިން ގަަަަަޑިއިރަށް ކާފިޔު ހިންގަނީ
10 ފަރާތެއް އިސްތިސްނާވޭ
ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި
ޕަބްލިކް ޓްރާންސްޕޯޓް ވެސް ވަނީ މަނާކޮށްފައި

ބުރާސްފަތި ދުވަހުން ފެށިގެން ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ވަކިގޮތެއް އަންގަންދެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

އަންގާރަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތް ހުއްޓައިލަން އަންގާ ކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް ވަނީ އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.

އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް

  1. ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  2. ސިއްހީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  3. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  4. އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ
  5. މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  6. ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ) އުޅަނދުފަހަރު.
  7. ޑިޕްލޮމެޓިކް އުޅަނދުފަހަރު.
  8. އެމްބިއުލަންސް.
  9. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
  10. ހެލްތް ޕްރޮޓެކްޝަން ޔުނިޓުން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

ރާއްޖޭގައި ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

- ކޮމެންޓް