ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 21:51
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްއެއްް
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްއެއްް
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ވައިރަހަށް ޕޮޒިޓިވްވި 13 މީހަކު ރަނގަޅުވެ، ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް
ރާއްޖެއިން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވްވި
ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީން
ރާއްޖެއިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

އެކަން ހާމަކޮށްފައިވަނީ އެންއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ، ވައިރަހަށް ޕޮޒިޓިވްވި ދެ ދިވެހިން ފިޔަވާ އެންމެން އެ ބައްޔަށް މިހާރު ނެެގެޓިވް ކަމަށެވެ. އެއާއި އެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ދިޔުމަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން ވެސް ހިމެނޭއެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް މިހާތަނަށް ފެނިފައިވަނީ:

ކުރެއްދޫ ރިސޯޓް – 5 ކޭސް

ބަތަލާ ރިސޯޓް – 2 ކޭސް

ކުރަމަތި ރިސޯޓް – 2 ކޭސް

އަނަންތަރާ ރިސޯޓް – 2 ކޭސް

އައިލެންޑް ސަފާރީ – 4 ކޭސް

އިނގިރޭސިވިލާތް ރާއްޖެއަށް އައި ދެމީހުން – 2 ކޭސް

ރާއްޖެއިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

- ކޮމެންޓް
29 މާރޗް 2020 | އާދީއްތަ 22:00
ޒުބައިރ
އެެންބަސީތައްވަނީބެރަލައިސްވެފަ ސަރުކާރުލަދުގަތްނަންޖެހޭ