ކ. މާލެ
|
27 މާރޗް 2020 | ހުކުރު 12:40
އުރީދޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގެ ތެރެއިން
އުރީދޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގެ ތެރެއިން
އުރީދޫ
އުރީދޫ
ކޮވިޑް-19: އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ
 
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެސް 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެ
 
ޑޭޓާ ހުސްވެފައިތިބި ކަސްޓަމަރުންނަށް ވެސް މި 25 އިންސައްތަ މިހާރު ލިބޭނެ

ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް ތައާރަފުކޮށްފިއެވެ.

މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫއިން ބުނެއެވެ.

އަދި މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށާއި، އިތުރު 25 އިންސައްތަ ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެނެދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25 އިންސައްތަ ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ. މިގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީޚުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ. މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހާލަތު ދެނެގަތުމާ، އިންޓަނެޓް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުށް މަގު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

  1. ކޮވިޑް-19 ވެބްސައިޓް އަށް ހިލޭ ވަދެވޭނެ ގޮތަށް ހަމަޖެއްސުން
  2. ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 25 އިންސައްތަ ޑޭޓާ ފޯރުކޮށްދިނުން
  3. ޕްރީޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 އިންސައްތަ ޑޭޓާ ފޯރުކޮށްދިނުން
  4. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 އިންސައްތަ ޑޭޓާ ފޯރުކޮށްދިނުން
  5. ލޯކަލް ނަންބަރުތަކަށް ކުރާ އެސްއެމްއެސް ތައް މުޅިން ހިލޭ ކުރުން.
  6. އެޑިއުކޭޝަން އާއި ގުޅިގެން ގޫގްލް ކްލާސްރޫމް ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް 5ޖީބީ ޑޭޓާ ގެ އެލަވަންސެއް ހަމަޖެއްސުން
  7. އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމުގެ ގޮތުން އިމަރޖެންސީ ސެންޓަރު ތަކަށާއި، ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަރނެޓް ފޯރު ކޮށްދިނުން
  8. ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ފޮނުވޭ މެސެޖް ތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗްޕީއޭ އާއި ރެޑްކްރެސެންޓް އަދި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރުން.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންއަންނަ ކޯވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުރީދޫ ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މި ހާލަތުގައި، އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް ދަނީ ބާރުއަޅަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ހެލްތް އިމަޖެންސީ އާއި ޤައުމީ ފެންވަރުގައި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް "ވާރކް ފްރޮމް ހޯމް" ޕޮލިސީ އެއް ތަންފީޒުކޮށް އުރީދޫ މޯލްޑިވްސް ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ބުރޫނާރާނޭ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ، އުރީދޫ މޯލްޑިވްސްއިން ވަނީ 1 ޓީބީ ސްޓޯރޭޖް އާއެކު އޮފީސް 365 އަދި ވިޒްއީ އާރުޕީ ފަދަ ކްލައުޑް ބޭސްޑް އެޕްލިކޭޝަންސް މެދުވެރިކޮށް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މީގެ އިތުރުން، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސއްކަތްތަށް ކުރުމުގައި މުވައްޒަފުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ބައްދަލުވުންތައް ފޭސްބުކް ވޯރކްޕްލޭސް އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫ މޯލްޑިވްސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
0%
50%
0%
0%
0%
ކޮމެންޓް