ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 21:46
ރިސޯޓެއްގައި ހިންގާ ސްޕާއެއް؛ މިރޭ 12:00 ގެ ފަހުން ރިސޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދުކުރަން ވަނީ އަންގާފައި
ރިސޯޓެއްގައި ހިންގާ ސްޕާއެއް؛ މިރޭ 12:00 ގެ ފަހުން ރިސޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދުކުރަން ވަނީ އަންގާފައި
ސޯޝަލް މީޑިއާ
ކޮވިޑް-19: ސްޕާތައް
ކޮވިޑް-19: ރިސޯޓް ސްޕާތައް ފިޔަވައި އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އަންގައިފި
މިރޭގެ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އަންގާފައިވޭ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިސޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ބުރާސްފަތި ދުވަސް (މިރޭގެ) 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އަންގާ ކަމަށެވެ.

އަދި މީގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައްވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އަދި މި ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

- ކޮމެންޓް