ކ. މާލެ
|
18 މާރޗް 2020 | ބުދަ 23:00
ގެއްލިގެން ހޯދަމުންދާ ދޯނި
ގެއްލިގެން ހޯދަމުންދާ ދޯނި
އެމްއެންޑީއެފް
އެމްއެންޑީއެފް
5 މީހުންނާއެކު މަސްވެރިކަން ކުރަންއުޅުނު ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފި
މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު ހެނދުނު 9:50 ހާއިރު

5 މީހުންނާއެކު ފަރު މަސްވެރިކަން ކުރަންއުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފަސް ދިވެހިންނާއެކު ދަތުރުކުރި މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 3:20 ހާއިރުއެވެ.

މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު ހެނދުނު 9:50 ހާއިރު ވ. އަތޮޅު ތެރޭގައި އޮތްވައިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތު ލިބިފައެވެ. މިދޯންޏަކީ ދިގުމިނުގައި 35 ފޫޓް ހުރި ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައި ރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

މި ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެއް ކަމަށާއި، ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުމަށް ވަނީ އެދިފައެވެ.

- ކޮމެންޓް