ކ. މާލެ
|
18 މާރޗް 2020 | ބުދަ 18:46
ޔޫތް މިނިސްޓަރު އަދި ޖަމިއްޔާތަކުގެ ރަޖިސްޓަރާ އަހުމަދު މަހްލޫފް
ޔޫތް މިނިސްޓަރު އަދި ޖަމިއްޔާތަކުގެ ރަޖިސްޓަރާ އަހުމަދު މަހްލޫފް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި
ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި ޢާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭ

ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ޔޫތް މިނިސްޓްރީން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރަމުންދާ ދަނޑިވަޅެއްގައި ދިވެހި ރާއްޖެއިން ވެސް މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާޗް 17 ގެ ފަހުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތަކުގެ މުއްދަތު މި ޙާލަތުގެ ނިމެންދެން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްފައިވެއެވެ. އަދި ސަރުކާރުން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި ޢާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި ގިނަމީހުން އެއްތަނަކަށް އެއްވެ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތައް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖަމްޢިއްޔާތަކުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅާނަމަ އަށްއީ-މެއިލްކޮށްދިނުމަށްވަނީ އެދިފައެވެ.

- ކޮމެންޓް